އޮންލައިންކޮށް ފިލްމު ބަލާ އެންމެ ބޮޑު އެއް ޕްލެޓް ފޯމް ނެޓްފްލިކްސްގައި އެންމެ ގިނަ ބަޔަކު ބައެއްގެ ތަރުހީބު ލިބޭ ފިލްމަކަށް ޕްރިޔަންކާ ސަޕޯޓިން ރޯލުން ފެނިގެންދާ "ދަ ވައިޓް ޓައިގާ" ހިމެނިއްޖެއެވެ. ފިލްމަށް ގިނަ ބައެއްގެ ސަޕޯޓު ލިބެމުންދާތީ ޕްރިޔަންކާ ވަނީ އެކަން ފާހަގަކޮށް އޭނާގެ މީސްމީޑިއާގައި އެކަން ހިއްސާކޮށްފައެވެ.

ބޮލީވުޑްގެ ފިލްމުތަކާއި ހޮލީވުޑްގެ ފިލްމުތަކުން ވެސް ފެނިފައިވާ ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ނެޓްފްލިކްސް އިން އެންމެ ގިނަ ބަޔަކު ބަލާފައިވާ ފިލްމުތަކުގެ ރޭންކިންގެ އެއްވަނަގައި އެ ފިލްމު ހިމެނިފައިވާ ފޮޓޯ ވަނީ ހިއްސާކޮށްފައެވެ.

 

ޕްރިޔަންކާގެ ޕޯސްޓުގައި އޭނާ ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އެ ފިލްމު ބެލުމަށް ސަޕޯޓަރުންގެ ގާތު އެދިފައިވާ އިރު ފިލްމު ބަލާފައި ސަޕޯޓަރުންގެ ހިޔާލު ހިއްސާ ކުރުމަށްވެސް އޭނާ ވަނީ އެދިފައެވެ.

ދަ ވައިޓް ޓައިގާއަކީ ރާމިން ބަހްރާނީ ޑައިރެކްޓު ކުރާ ފިލްމެކެވެ. އެ ފިލްމަކީ އަރަވިންދް އަޑިގާގެ މެން ބުކާގެ ވާހަކައަށް ލިޔެފައިވާ ފިލްމަކަށް ވާއިރު މި ވާހަކަ އަކީ މަޝްހޫރު ވެގެންދިޔަ ވާހަކަ އެކެވެ.

މި ފިލްމުގެ ލީޑު ރޯލުން ފެނިގެން ދަނީ އަޑާޝް ގައުރަވްއެވެ. އަދި ސަޕޯޓިން ރޯލުން ފެނިގެން ދަނީ ޕްރިޔަންކާ އާއި ރާޖްކުމާރް ރައޯއެވެ. މިމަހުގެ 22 ވަނަ ދުވަހު މި ފިލްމު ނެރެފައިވާއިރު ގިނަ ބައެއްގެ ތަރުހީބު ވަނީ މި ފިލްމު ނެރުދު ދުވަހުވެސް ލިބިގެން ގޮސްފައެވެ.

ޕްރިޔަންކާ މިހާރު މަސައްކަތް ކުރަމުންދަނީ އޭނާ ދެން ފެނިގެންދާނެ ފިލްމު ކަމުގައިވާ ސިޓާޑެލް ވިތް ދި ރުސޯ ބްރަދާސް ގެ މަސައްކަތުގައެވެ. މި ފިލްމުން ގޭމް އޮފް ތްރޯންސް އަދި ބޮޑީގާޑް ފެމް ގެ ތަރި ރިޗާޑް މަޑެން ވެސް ފެނިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނުބެ2323232

    ހޫ މީ މަ ހާދަ ފޫހިވާ އަންހެނެކޭ.. މިއީ އިންޑިއާއިން ޕާކިސްތާނަށް ބޮން އަޅަން ގޮވާލި ޔޫއެންގެ ޕީސް އެމްބެސެޑަރު

    3
    2