ބޮލީވުޑްގެ މަޝްހޫރު ތަރި އާލިޔާ ބަޓް ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރްއަށް ކުރަޝްއެއް އޮންކަން ހާމަކުރީ މީގެ އަހަރުތަކެއް ކުރިންނެވެ. މިއާއެކު ރަންބީރު ކަޕޫރާއި އާލިޔާ ބަޓްއާ ދެމީހުން ލޯބީގެ ގޮތުން ގުޅުނު ކަމަށް ގިނަ މީޑިޔާތަކުގައި އަޑުފެތުރިގެން ދިޔައެވެ.

ނަމަވެސް އޭރު އާލިޔާ ބުނަމުން ދިޔައީ އެދެމީހުން ލޯބީގެ ގޮތުން ނުގުޅޭ ކަމަށެވެ. ވާހަކަތައް މިހެން އޮއްވާ ރަންބީރު އިއްޔެ ގީކިއުއަށް ދިން އިންޓަރވިއެއްގައި ރަންބީރާ ލޯބީގެ ގޮތުން އުޅޭ ކަމަށްވަނީ އެއްބަސްވެފައެވެ.

ރަންބީރު ބުނެފައިވަނީ މިކަމާ ގުޅޭ ގޮތުން މާގިނަ ވާހަކަތަކެއް ހާމަކުރަން ބޭނުން ނުވާކަމަށާއި އާލިޔާއަކީ ރަންބީރަށް އަބަދުވެސް ކަމުދާ މީހެއް ކަމަށެވެ.

އާލިޔާއަކީ ރަންބީރު އެންމެފަހުން ޑޭޓް ކުރި ކެޓްރީނާގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ. އާލިޔާގެ މިގުޅުމުގެ ސަބަބުން މިގުޅުމަށް ބުރޫ އަރާފާނެ ކަމަށް ވަރަށް ގިނަ މީހުންދަނީ ބުނަމުންނެވެ ރަންބީރާއި އާލިޔާ މީގެ ކުރިން ރެސްޓޯރެންޓްއަކަށް ގޮސްއުޅެނިކޮށް ފޮޓޯތަކެއް އާއްމު ވެފައެވެ. ނަމަވެސް އެފަހަރު ރަންބީރު އަދި އާލިޔާވެސް މިކަމާ ގުޅިގެން ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.