އިންޑިއާގެ ޗައްޓިގަރްހްގެ ރައިޕޫރްގެ މަގެއްގެ މަތީގައި ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައި، އެ ޕިކަޕަށް ލޯޑްކޮށްފައި ހުރި މަސްތަކެއް މަގުމައްޗަށް ވެރިއްޖެ އެވެ.

މިއާއެކު ޓްރެފިކް ފުލުހުން ޖެހުނީ އެ ސަރަހައްދު ގަޑިއެއްހާ އިރަށް ބަންދު ކުރާށެވެ. އެއީ ބާރުބޮޑު މަގެއް ކަމަށް މިޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނިގެން ދަނީ ހައްސައުދް ސަރަހައްދުގެ ހަލިމަގު (ހައިވޭ)މައްޗަށް މަސްތައް ވެރިފައި ހުރިއިރު، އާއްމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ތަނެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ ބައެއް މީހުން މަސްތަކުގެ ފޮޓޯތަކާއި ވީީޑިއޯތައް ނަގާ ތަނެވެ. ބައެއް މިހުން އެތަނުން މަސް ނަގައިގެން ގެންދާ ތަންވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ފުލުހުންނަށް އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި އާއްމުންނަށް އެތަނުން މަސް ނެގުން ހުއްޓުވާފައި ވެއެވެ.

އަދި އާއްމުންނާއި ފުލުހުންގެ އެހީތެރިކަމާއެކު، ވެހިކަލް ހަމަޔަކަށް އަޅުވައި، މަގުމައްޗަށް ވެރިފައި ހުރި މަސްތައް އަލުން ވެހިކަލަށް ވަނީ އަރުވާފައެވެ. އަދި އެ ވެހިކަލް ވަނީ ރައިޕޫރްއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުގާ

    ތިއައް ކިޔަނީ މަގުމަތީ ރޯދި. ފަހެ އެކަލާނގެ އަމުރުކޮއްފިއްޔާ ގޭތެރޭ ނިދާފައޮތަސް ރޯދިލިބޭނެ.

    17
    1