ބައެއް ފަހަރަށް ބޮލުގެ އިސްތަށިގަނޑު ދޮވެލުމަށް ފަހު އަވަހަށް ދާން ޖޭހޭ ތަނަކަށް ދިއުމުގައި ލަސްވާ ގޮތްވެއެވެ. އަވަހަށް ބޮލުގެ އިސްތަށިގަނޑު ހިއްކައިލުމަށް ކުރެވޭ ބައެއް ކަންތައްތަކުގެ ސަބަބުން އިސްތަށިގަނޑަށް ގެއްލުން ލިބެއެވެ.

އިސްތަށިގަނޑު އަވަހަށް ފެން ހިއްކައިލުމަށް މި ކަންތައްތައް ކުރެވިދާނެއެވެ.

އިސްތަށިގަނޑު ފެން ހިއްކުމަށް ތުވާލި ބޭނުން ނުކުރުން.

ތުވާލިން ފެން ހިއްކުމުން އިސްތަށިގަނޑުގައި މަރުވެފައި ހުންނަ ބައިތަކަށް އިތުރަށް ގެއްލުން ލިބެއެވެ. އަދި މިއީ އިސްތަށިގަނޑު ބުޅިކޮށްދޭ ކަމެކެވެ. އެހެންކަމުން ފެން ހިއްކުމަށް ޓީ ޝާޓެއް ބޭނުން ކުރާށެވެ. ނުވަތަ މަޑު މައިކްރޯ ފައިބަ ތުވާއްޔެއް ބޭނުން ކުރާށެވެ.

ފިނި ފެނުން އިސްތަށިގަނޑު ދޮވުން.

ތާފަނާ ފެނުން އިސްތަށިގަނޑު ދޮވުމަށްވުރެ އަވަހަށް އިސްތަށިގަނޑު ހިކޭނީ ފިނި ފެނުން އިސްތަށިގަނޑު ދޮވުމުންނެވެ.

އިސްތަށިގަނޑުގައި ތުވާލި އޮޅައިގެން ގިނައިރު ނުހުރުން.

އިސްތަށިގަނޑުން ފެން ހިއްކުމަށް ވަރަށް ގިނައިން އިސްތަށިގަނޑުގައި ތުވާލި އޮޅައިލައިގެން އުޅެއެވެ. ނަމަވެސް މިއީ އިސްތަށިގަނޑަށް ގެއްލުން ލިބޭ ކަމެކެވެ. ގިނައިރު ވަންދެން އިސްތަށިގަނޑުގައި ތުވާލި އޮޅައިގެން އުޅުމުން އިސްތަށިތަކުގެ ބުޑު ދެރަވެ ހަލާކުވެއެވެ. މިކަމަށްޓަކައި އިސްތަށިގަނޑުގައި ކޮންޑިޝަނަލުން ވަރަށް މުހިންމެވެ.

އަވަހަށް ފާހާނާއިން ނިކުތުން.

ފެން ވަރައި ނިމުމުން ވީހާ ވެސް އަވަހަކަށް ފާހާނާއިން ނިކުންނާށެވެ. ތާފަނާ ފެނުން ފެން ވެރުމުން ފާހާނާ ތެރޭގައި އުފެދިފައި ހުންނަ ފިނި ހޫނު މިނުގެ ސަބަބުން އިސްތަށިގަނޑަށް ގެއްލުން ލިބެއެވެ. އަދި އިސްތަށިގަނޑުން ފެން ހިކޭލެއް ލަސްވެއެވެ.

އަވަސްކޮށްލާފައި އިސްތަށިގަނޑުން ފެން ހިއްކަން ބޭނުންވި ނަމަވެސް އިސްތަށިގަނޑަށް ގެއްލުން ނުވާގޮތަށް ކަންތައްތައް ކުރުމަކީ ރީތި އިސްތަށިގަނޑެއް ހޯދުމަށް ކުރެވިދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Hair

    Liyumaa gulheygothah heading liyelamaa

    4
    2