ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރަށް ސަޕޯޓް ކުރާ އެތައް ބަޔަކު މި ރާއްޖޭގައިވެސް އުޅޭނެއެވެ. އޭނާއާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތުތައް އެނގެން ބޭނުންވާ މީހުންވެސް ތިބޭނެއެވެ. މިއޮތީ އެފަދަ މީހުންނަށް ހާއްސަ ހަބަރެކެވެ. ކަރީނާ ކަޕޫރް ވިހާ ދުވަސް މިހާރު ކައިރި ވަނީ އެވެ.

ސައިފް އަލީ ޚާން އާއި ކަރީނާ އާ ދެ މީހުންގެ ދެވަނަ ދަރިފުޅު ވިހާނީ، އަންނަ މަސް ތެރޭގައެވެ. އެކަން ހާމަކޮށްފައިވަނީ ސައިފް އެވެ.

ފިލްމްފެއާއަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ، ދަރިފުޅު ވިހާނެ ކަމަށް ދީފައިވާ ތާރީހަކީ ފެބްރުއަރީ މަހުގެ ކުރީކޮޅުގައި ކަމަށެވެ. އަދި މިއީ ދެވަނަ ދަރިފުޅު ކަމުން އެއްވެސް ހާސްކަމެއް ނެތް ކަމަށްވެސް ބުނެފައި ވެއެވެ.

ސައިފް އާއި ކަރީނާގެ ފުރަތަަމަ ދަރިފުޅަށް ކިޔަނީ ތައުމޫރް އެވެ. އޭނާ ވިހާފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

މި ދެމަފިރިންނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަސް ތެރޭގައެވެ.

ފިލްމް ފެއާގެ މައުލޫމާތުތަކަށް ބަލާއިރު، ދެވަނަ ދަރިއަކު ހޯދުމަކީ ސައިފް ކޮންމެވެސް ވަރަކަށް ބިރު ގަންނަ ކަމެކެވެ. އެހެން ނަމަވެސް، ގޭގައި ކުދިން ގޭގައި ސަކަރާތް ޖަހާ އުޅޭތަން ބަލަން އޭނާ އެ ހުރީ ކެއްމަދުވެފައެވެ.

ކަރީނާ ކުރިން ވިހާނެ ކަމަށް އިއުލާނު ކޮށްފައި ވަނީ މާރިޗް މަސް ތެރޭގައެވެ.