ކަލާޒް ޗެނަލުން ގެނެސްދޭ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރިއަލިޓީ ޝޯވ "ބިގް ބޮސް"ގައި ތަފާތު ކަންކަން ހިނގައެވެ. ބައިވެރިންގެ މެދުގައި ތަޅާފޮޅުމާއި އަރައިރުން ވާ ހިސާބަށްވެސް ދެއެވެ. މަޖާ އެތައް ކަމެއް ދިމާވެއެވެ. މީހުން ރުޅި އަރުވާވެސް ލައެވެ. މިފަހަރު އާއްމުންގެ ސަމާލުކަަމަށް އައިސްގެން މި އުޅެނީ ސީޒަން 14 ގައި ބައިވެރިވެގެން އުޅޭ ރާކީ ސަވަންތްގެ އުޅުން ހުންނަ ގޮތަށެވެ. އޭނާ ވެފައި ވަނީ މަޝްހޫރު އެކަކަށެވެ. އޭނާއާ މެދު އެއްބަޔަކު ވަރަށް ބޮޑަށް ގަޔާވެއެވެ.

ނަމަވެސް އޭނާ މާބޮޑަށް އެކްޓަރު އަބިނަވް ޝުކްލާ އާ އަޅައިގަނެގެން ހައްދުން ނައްޓާ ވަރަށް ވަނީ ގޮސްފައެވެ. މިކަން މިހާރު މާ މައްޗަށް ގޮސްފައިވާ ކަމަށް އޯޑިއަންސް އިން ވާހަކަދައްކަން ވަނީ ފަށާފައެވެ.

އަބިނަވް، ރާކީ އާއި ކޮންމެވެސް ވަރަށް ދުރަށް ޖެހިލައިގެން ހުންނައިރު، މިހާރު ރާކީ މާބޮޑަށް އެއްވެސް ވަރަކަށް މަޖާ ނުވާ ކަންކަން ކުރާކަން އޯޑިއަންސް ވަނީ ފާހަގަކޮށްގައެވެ.

އެގޮތުން އެންމެ ފަހުން ދެއްކި އެޕިސޯޑްގައި ރާކީ މި ވަނީ އަބިނަވް ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. އަދި އެ އެެޕިސޯޑްގައި ކެމެރާ ކުރިމަތީގައި އޭނާ ވަނީ އަބިނަވްގެ ބޮކްސާތައް ކަތުރުން ކޮށާލާފައެވެ. މިއާއެކު އެތައް ބަޔަކަށް ލިބިގެން ދިޔައީ ހައިރާން ކަމެކެވެ.

ބިގް ބޮސް ބަލާ ބައެއް މީހުން ބުނީ، ރާކީ މިހާރު ވަރަށް ދަށު ދަރަޖައަށް ވެއްޓިފައިވާ ކަމަށެވެ. އަދި މިހާރު ރާކީ މަޖާ ނޫން ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ޝޯވގެ ހޯސްޓް ސަލްމާން ޚާން ރާކީ އާ ވާހަކަދައްކައިގެން ކަންކަން ރަނގަޅު ކުރުމަށް ފޭނުން އެދިފައި ވެއެވެ.

ރާކީ ބިގް ބޮސް14 އަށް ވަދެ، އަބިނަވް އާއި އޭނާގެ އަނބިމީހާ ރުބީނާއާ ގާތް ގުޅުމެއް ބޭއްވިއެވެ. ނަމަވެސް ފަހުން އަބިނަވް އާއި ރާކީ މާތް ގާތްވާން ފެށުމުން އެކަން، އަބިނާވްއަށް ކަމުނުދިޔައީ އެވެ.

ރޭގެ އެޕިސޯޑްގައި އަބިނާވް ވަނީ ރުބީނާ އާއި އޭނާގެ ރަހުމަތްތެރިޔާ ނިކީ ކައިރީގައި، ރާކީގެ އެ އުޅުމުގެ ސަބަބުން އުނދަގޫ ވާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ރޮބީނާ

  ރާކީ ވަރަށް ބަރާބަރު 🤣🤣 މީނަ ނެތްނަމަ ބިގްބޮސް 14 ނިމުނުތާ ކޮން ޒަމާނެއް

  11
  3
  • ޭރާކީ ސާވަންތް

   ރާކީ ރޮކްސް.ރުބީނާ ޝޮކްސް😂