ފޭސްބުކްގައި ހުންނަ ސިޔާސީ ގްރޫޕްތައް ރިކޮމެންޑް ކުރުން ފޭސްބުކުން ހުއްޓާލައިފިއެވެ.

މީސް މީޑިއާގެ އެކި ޕްލެޓްފޯމްގެ ތެރެއިން އެންމެ ގިނަ މީހުން ބޭނުންކުރަމުން އަންނަ ފޭސްބުކުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެމެެރިކާގެ ރިޔާސީ އިންތިހާބާއި ދިމާކޮށް އެ ޕްލެޓްފޯމު ބޭނުންކުރާ ފަރާތްތަކަށް ދިޔައީ، ސިޔާސީ ގްރޫޕުތަކަށް ގުޅުމަށް އެދެމުންނެވެ.

ނަމަވެސް އެމެރިކާގެެ ރިޔާސީ އިންތިހާބު ނިމި އާ ވެރިކަމެއް ފެށުމާއި ގުޅިގެން މީގެ ފަހުން އެއްވެސްް ސިޔާސީ ޕާޓީއަކަށް ގުޅުމަށް ފޭސްބުކުން އެއްވެސް ފަރާތެއްގެ ކިބައިންް ނޭދޭނެެ ކަމަށާއި، ވަގުތީ ގޮތުން މިގޮތަށް އަމަލުކުރުމަށް ނިންމާފައިވާ ކަމަށްވެއެވެ.

ފޭސްބުކުން ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބާ ގުޅިގެން ހިނގި ބައެއް ކަންކަމާ ހެދި ފިޔަވަޅުތައް ވެސް އަޅައިފައެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެ ޕްލެޓްފޯމުުން ބޭންކޮށްފައެވެ.

ފޭސްބުކާއި އިންސްޓަގްރާމް އިން ޓްރަމްޕް ބޭން ކުރީ އެކުންފުނީގެ ޕްލެޓްފޯމްތައް ބޭނުން ކޮށްގެން އިންތިޚާބީ ސަރުކާރާއި ދެކޮޅަށް ހަމަނުޖެހުންތައް ހިންގުމަށް ހިތްވަރުދެމުން ގެންދާތީއެވެ.

މިކަމާއި ގުޅިގެން އެމެރިކާގައި ޓްރަމްޕަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ފޭސްބުކަށް ވަރަށް ބޮޑަށް ފާޑުކިޔައި ބޮއިކޮޓްކުރުމަށް ގޮވާލާފައެވެ. ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ބުނެފައިވާ ގޮތުގައި އެކުންފުނިން މަސައްކަތް ކުރަމުން އަންނަނީ މީސް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން ހަސަދަ ފަތުރުމާއި، ބައިބައިވުމަށް ފުރުސަތު ނުދިނުމަށް އެކި ފިޔަވަޅުތައް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު