މީގެ ތިންހާސް އަހަރު ކުރިން ދިރިއުޅުނު މިސްރުގެ ފާދިރީއެއްގެ އަޑު ހުންނަ ގޮތް ސައިންސްވެރިން ހޯދައިފިއެވެ.

މި އަޑު ހޯދުމަށް ސައިންސްވެރިން ވަނީ އެ ފާދިރީ މީހާގެ އަޑު ތްރީޑީ ޕްރިންޓްކޮށް ކޮޕީ ނަގައިފައެވެ.

އެ ފާދިރީ މީހާގެ އަޑު ބެލުމަށް ގައުމީ އިދާރާއެއްގެ މަސައްކަތް ކުރަމުން އަންނަ ޕްރޮފެސަރު ޑޭވިޑް ހޮވާޑް ވަނީ ޓޮމޮގްރަފީ (ސީޓީ) ސްކޭން ޓެކްނޮލޮޖީ ބޭނުން ކޮށްފައެވެ. އޭގެ ފަހުން އެ ޓީމުން ވަނީ އެ މިންތައް ތްރީޑީ ޕްރިންޓްކޮށް އާޓިފިޝަލް ވޯކަލް ޓްރެކަށް ބަދަލު ކޮށްފައެވެ. އޭގެ އަޑު ހޯދުމަށް މި ޓީމުން ވަނީ ވޯކަލް ޓްރެކް އޯގަން ނަމަކަށް ކިޔާ އެއްޗެއް ވެސް އުފައްދައިފައެވެ.

"ނެސީއާމަމް" ނަމުން ނަން ދީފައިވާ އެ ފާދިރީ މީހާއަކީ މީގެ ދެ ގަރުނު ކުރިން މަމީ އަކަށް ބަދަލުކޮށް އިނގިރޭސިވިލާތުގެ ލީޑްސް ސިޓީ މިއުޒިއަމްގައި ބާއްވާފައިވާ މީހެކެވެ. މީގެ 3000 އަހަރު ކުރިން އޭނާ ކުރަމުން އައި ކަމަކީ ދުވާލު ގަޑީ ލަވަ ކިޔުން ކަހަލަ ކަންކަން ކުރުމެވެ.

އެހެން ކަމުން މިހާރު އޭނާ ދައްކާފައިވާ ވާހަކަތައް އަޑު އިވެނީ އިނގިރޭސި ބަހުގެ "ވަވުލްސް" ގެ ގޮތުގައެވެ.

ސައިންސްވެރިން ބުނެފައިވަނީ އެމީހުން އުފައްދާފައިވާ އަޑުއިވޭ މެޝިނުން އިވޭނީ މީގެ ކުރިން އެ ފާދިރީ މީހާ ވާހަކަ ދެއްކި ގޮތާ ދާދި އެއް ގޮތަށް ކަމަށާއި ހަމަ އެކަނި ތަފާތަކީ އޭނާ ދެއްކި ވާހަކަ އަޑުއިވޭނީ ވަވުލްސްގެ ގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެލެކްސް އަހުމަދު

    އެ ފާދިރީ މީހާ ފޮޑިޖެހިގޮތް ނުހޯދަނީތަ؟

    9
    2
  2. ޙެހެހެހ

    😂