މާ ގިނައިން ރޮވެނީ ނާރުގެ މައްސަލައަކުން ކަމަށް ވެދާނެ

ރުއިމަކީ ދެރަވުމުން އެކަނި ކޮށް އުޅޭ ކަމެއް ނޫނެވެ. ވަރަށް ގިނަ ފަހަރު ރުއިމަކީ ދެރައާއި، އުފަލާއި، މަޖަލާއި ހިތާމައިގައި ވެސް ކޮށް އުޅޭ ކަަމެކެވެ. ނަމަވެސް ދެރަވެގެން ރޯ ރުއިމަކީ މުޅިން ތަފާތު އިހުސާސެއް ކުރުވާ ރުއިމެކެވެ. ވަރަށް ގިނަ ފަހަރު ކަމަކާ ރުއިމުން އެއީ ހިތްހަަމަޖެހުން ލިބިދޭ ކަމެއް ކަމަށް އޮންނަނީ ހީވެފައެެވެ. މިކަމުގެ ހަގީގަތަކީ ކޮބާހެއްޔެވެ؟ ރުއިމަކީ ހަގީގަތުގައި ވެސް ހިތްހަމަޖެހޭ ކަމެއް ހެއްޔެވެ.

ޖަވާބަކީ ރުއިމަކީ ހަގީގަތުގައި ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ރުއިމުން ހިތްހަމަޖެހޭތޯ ބަލަން ހެދި ދިރާސާއެއްގައި ރުއިމުން ހިތްހަމަޖެހޭ ކަމަށް ބުނަނީ އެންމެ 30 އިންސައްތަ މީހުންނެވެ. ރުއިމުން ހިތްހަމަޖެހުން ލިބޭ ހާލަތްތަކަކީ ރައްޓިއްސެއްގެ އެހީތެރިކަން ލިބުން، ފައްސި ކަމެއްގެ ސަބަބުން ރުއިން، ރުއިމުން ޖަޒުބާތުތައް ބޭރުވުން، އަދި އޭގެ ސަބަބުން މައްސަލައެއް ހައްލުވުން މިއެވެ.

އެންޒައިޓީ ނޫނީ ޑިޕްރެޝަން ހުރި ނަމަ، އެކަނި މާއެކަނި ކަންކަމާއި ކުރިމަތިލުމާއި، ރޮއެގެން މައްސަލަތައް ހައްލުކުރުމަކީ ބައެއް މީހުން ކޮށް އުޅޭ ކަމެކެވެ. މިގޮތަށް ކައިރި ކައިރީގައި މޫޑު ބަދަލުވުމަކީ އެހާ ރަނގަޅު ނިޝާނެއް ނޫނެވެ. މީގެ އަސަރު ތިމާ އާއި އެހެން މީހުންނާ އޮންނަ ގުޅުންތަކާއި، ސްކޫލް ނުވަތަ މަސައްކަތަށް ވެސް ކުރާނެއެވެ.

މާގިނައިން ރޮވޭ ގޮތްވާ ނަމަ އޭގެ އެއް ސަަބަބަކީ އެންޒައިޓީ އާއި ޑިޕްރެޝަން ކަމަށް ވެދާނެއެވެ. އެފަދަ މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަށް ފަރުވާ އާއެކު އިތުރަށް ރަނގަޅުވާކަމުގެ އިހުސާސްކުރެވެއެވެ. އަދި ބޭހާއި ތެރަޕީ ފަަދަ ކަންކަމުން ވެސް ފަސޭހަ ވާ ކަމަށް ދިރާސާއިން ދައްކައެވެ.

މާގިނައިން ރުއިމަކީ ނާރުގެ މައްސަލައަކުން ވާ ކަމަކަށް ވެސް ވެދާނެއެވެ. ތިމާއަށް ރޮވެ މިންވަރު އިތުރުވާ ނަމަ ޑޮކްޓަރަށް ދައްކާލުން ރަނގަޅެެވެ. ޚާއްސަކޮށް މާފަސޭހައިން އާއްމުކޮށް ރޮވެ ނަމަ އެއީ ވިސްނާލުން މުހިންމު ކަމެކެވެ.

މާގަދަ އަށް ރޮވޭ ނަމަ އެކަން ކޮންޓްރޯން ކުރަން ހަމަޖެހިގެން ލަސްލަހުން ނޭވާ ލެވިދާނެއެވެ. ނޭފަތުން އެތެރެއަށް އަނގައިން ބޭރަށް ވާގޮތަށް ނޭވާ ލެވިދާނެއެވެ. މޫނުގެ މަސްތަކުގެ ވަރު ދޫކޮށްލުން، ހިތުދަސް ޅެމެއް ކަަަހަލައެއްޗެއް މަތިން ހަނދާންކޮށްލުން އަދި ވަގުތީ ގޮތުން ތިމާ ދެރަވާ ކަމާއި ދުރަށް ޖެހިލުން މިއީ ކުރެވިދާނެ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު