މަޝްހޫރު ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރް މަންމަ އެއްގޮތަށް ހެދުން ނާޅާ ކަމަށްބުނެ އޭނާގެ ފޭނުން ރުޅިގަދަ ވެއްޖެއެވެ.

ކަރީނާ މަންމައަކަށްވުމަށްފަހު ރަސްމީ އިވެންޓްއަކަށް ގޮސްފައިވަނީ ޖުމްލަ ދެ ފަހަރުއެވެ. އަދި މި ދެފަހަރުވެސް ގޮސްފައިވަނީ، ފޭނުން ބުނާ ގޮތުންނަމަ ވަރަށް "މޮޑާން" ހެދުމެއްގައެވެ.

މިކޮމެންޓްތަކާ ވިދިގެން މިޑްޑޭ ނަމަކަށްކިޔާ ނޫހަކަށް މައުލޫމާތު ދެމުން ކަރީނާ ބުނެފައިވަނީ އެމީހަކު ލާ ހެދުމެއް އެނގޭނީ އެމީހަކަށް ކަމަށާއި ލާންވާނީ އެމީހަކަށް ކަމުދާ ހެދުމެއްކަމަށެވެ. އަދި މައިވަންތަ ކަމުގެ ހެދުމަކީ ކޮބައިތޯވެސް ކަރީނާވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން ކަރީނާ ބުނެފައިވަނީ ކަރީނާގެ މަންމަވެސް އަބަދުވެސްލަނީ އެބުނާ މޮޑާން ހެދުން ކަމަށާއި މީހަކާ ބެހޭ ގޮތުން ގޮތް ނިންމުމުގެ އިޚްތިޔާރު އަނެކާއަށް ލިބިގެން ނުވާ ކަމަށެވެ.

ކަރީނާއަކީ ގޯސް މަންމައެއް ކަމަށްވެސް ފޭނުން ބުނެފައިވާއިރު، އެޔަށް ރައްދުދީ ކަރީނާ ބުނެފައިވަނީ ރަޙްމަތްތެރިންނާއެކު ބޭރަށް ދިއުމުގެ މާނައަކީ ގޯސް މަންމައަކަށް ވުން ނޫންކަމަށާއި މަންމައަކަށްވުމުން އަމިއްލަ ނަފްސަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހުއްޓާލަން ނުޖެހޭ ކަމަށެވެ.

ކަރީނާ ވިހޭ މަންޒަރު ފޭސްބުކް މެދުވިކޮށް ލައިވްކޮށްފައިވާއިރު، އިސްޓަގްރާމް ފަދަ މީސްމީޑިޔާގައި ނޫޅޭ ކަރީނާ އާ މެދު ގިނަ ވާހަކަތަކެއް އޭނާގެ ފޭނުން ފަހަކަށް އައިސް ދަނީ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު