އެއްމާބަނޑު ތިން ކުދިން ލިބުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އަދި އަމުދުން އެއްވެސް ތަފާތެއް ނެތް އެއްމާބަނޑު ތިން ކުދިން ލިބުމަކީ އެއަށް ވުރެ ވެސް މާމަދުން ނޫނީ ނުވާ ކަމެކެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ ދެމަފިރިން ކަމަށްވާ ސިއަން ވިލިއަމް އާއި އެރޮން ޕާރޭ އަށް މިވަނީ އެއްވެސް ތަފާތެއް ނެތް އެއްމާބަނޑު ތިން ކުދިން ލިބިފައެވެ.

އެއްވެސް ތަފާތެއް ނެތް ނުވަތަ އައިޑެންޓިކަލް އެއްމާބަނޑު ތިން ކުދިން ލިބުމުގެ ފުރުސަތު އޮންނަނީ ކޮންމެ 200 މިލިއަނަކުން އެއް ފަހަރު އެވެ.

ސިއަން އާއި އެރޮން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެއްވެސް ތަފާތެއް ނެތް އެއްމާބަނޑު ތިން ކުދިން ލިބުމަކީ ދެދެމަފިރިން ވަރަށް ފަހުރުވެރިވާ ވަަރަށް ބޮޑު ފަހުރެއް ކަމަށާއި ނަމަވެސް ތިން ކުދިން ބަލައި ބޮޑުކުރުން ވެގެން ދާނީ ބޮޑު ޗެލެންޖަކަށް ކަން އެނގޭ ކަމަށެވެ.

"15 ވަނަ ހަފްތާގައި ހެދި ސްކޭނަށް ފަހު ޑޮކްޓަރުން ބުނެފި އައިޑެންޓިކަލް ތިން ކުދިން ކަމަށް. އަދި މިއީ ފާޓިލިޓީ ބޭހެއް ބޭނުން ނުކޮށް ކޮންމެ 200 މިލިއަނުން އެއްފަހަރު ނޫނީ ދިމާ ނުވާނެ ކަމެއް ކަމަށް. އަހަރެމެންނަށް މިލިބުނީ ވަރަށް ބޮޑު ނަސީބެއް ކަމުގައި ދެކެނީ." ސިއަން ބުންޏެވެ.

މިތިން ކުދިން އުފަންވީ މެއި މަހު އެވެ. އެއްމާބަނޑު ތިން ކުދިން ވިހެއުމަކީ ސިއްހަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވީނަމަވެސް އެރޮން ވިހެއީ އެއްވެސް ސިއްހީ މައްސަލައެއް ދިމާނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޮފުބާ

    މެދަށްއިން ކުއްޖާ ތަފާތު ކުޑަކޮން

  2. ދަލޭކާ

    ކޮން އަހަރެއްގެ މެއި މަހެއްބާ...