ކަޝްމީރުގައި ކުރިއަށް ގެެންދިޔަ ޝޫޓިންއެއްގެ ތެރެއިން އިންޑިއާގެ ލަވަކިއުންތެރިޔާ ގުރޫ ރަންދަވާގެ ނޭފަތުުން ލޭ އަތުވެއްޖެއެވެ.

ގުރޫ ރަންދަވާގެެ އިންސްޓަގްރާމުގައި އާންމުކޮށްފައިވާ ފޮޓޯއަކުން އޭނާގެ ނޭފަތުން ވަރަށް ބޮޑަށް ލޭ އައި މަންޒަރު ފެނެއެވެ. އެ ފޮޓޯއިން އޭނާގެެ ފަހަތުގައި ސްނޯއިން ހެދިފައިވާ ފަރުބަދަތައް ފެންނަން ހުއްޓެވެ. ގުރޫ ބުނެފައިވާ ގޮތުގައި ކަޝްމީރުގައި ވީޑިއޯ ލަވައެއް ޝޫޓު ކުރަމުން ދިޔަ އެ ވަގުތު ހުރީ 9- ޑިގްރީ ސެލްސިއަސް ކަމަށެވެ.

އަދި އެއީ ބުރަ މަސައްކަތެއް ކަމަށާއި ނަމަވެސް ބުރަ މަސައްކަތް ކޮށްގެން ނޫނީ ކުރިއެެރުން ނުލިބޭނެ ކަަމަށް އޭނާ ވަނީ ބުނެފައެެވެ.

ގުރޫގެ މި ފޮޓޯ އާއެކު ގިނަ ބަޔަކު އަންނަނީ އޭނާ އަށް ތައުރީފް ކުރަމުންނެވެ. އޭނާ އަށް ތައުރީފް ކުރަމުން އަންނަ މީހުން ބުނެފައި ވަނީ އަމިއްލަ ނަފްސަށް ބަލަހައްޓައިގެެން އުޅުމަށާއި، އޭނާ އަކީ އެމީހުނަށް ވަރަށް މުހިންމު މީހެއް ކަމަށެވެެެ. އަދި އެއީ އެެމީހުންގެެ "އައިޑަލް" އެެއް ކަމަށާއި އޭނާ އާއި މެދު ފަހުރުވެރިވާ ކަމަށް ސަޕޯޓަރުން ވަނީ ބުނެެފައެވެ.

ގުރޫ ކަޝްމީރުގައި އަންނަނީ "މެެހެނދީ ވާލާ ހާތު" ނަމަކަށް ކިޔާ ލަވައިގެ ޝޫޓިން ކުރިއަށް ގެންދަމުންނެވެ. ގުރޫގެ އިތުރުން މި ލަވައިން ފެނިގެން ދާނީ، މުރްނަލް ތާކުރްއެވެ. ގުރޫ އެ ލަވައިން ފެނގެން ދާނީ ސިފައިންގެެ މީހެެއްގެ ރޯލުންނެވެ.

ކަޝްމީރަކީ އިންޑިއާގެ އެންމެ ފިނި އަވަށް ކަމުން އެެތަނުގައި މިފަދަ ޝޫޓިންތައް ކުރިއަށް ގެންދިއުމަކީ އުނދަގޫ ކަމެކެވެެ. ނަމަވެސް އެ އަވަށުގެ ގުދުރަތީ ރީތިކަމުގެ ސަބަބުން ބޮލީވުޑްގެެ ގިނަ ފިލްމުުތަކެއް އަދި ލަވަތަކެއް އެ އަވަށުގައި ވަނީ ކުޅެފައެެވެ.

ކިޔުންތެރިންގެ ހިޔާލު