އާރްޕީޖޭ ގުރޫޕްގެ ޗެއާރމަން އަދި ވިޔަފާރިވެރިޔާ ހަރްޝް ގޮއިންކާ މައިކްރޯބްލޮގިން ޕްލެޓްފޯރމް ޓްވިޓާއިން ވަކިވިއިރު، އޭނާ ވަކިވެގެން ދި ދިޔައީ މަސައްކަތެއް ހަވާލުކޮށްފައެވެ.
ޓްވިޓާއިން ވަކިވުމުގެ ކުރިން މިދިޔަ ބުދަ ދުވަހުގައި އޭނާ ކޮށްފައިވާ ޓްވީޓްގައި ވަނީ ވަރަށްވެސް އާދައިގެ މަސައްކަތެއް ހަވާލުކޮށްފައެެވެ. އެހެނަސް އެތަކެއް ސަތޭކަ މީހުންނަށް އެކަން ވެގެންދިޔައީ ވަރަށްވެސް ބޯގާނަން ޖެހުނު އުނދަގޫ މަސައްކަތަކަށެވެ. އޭނާ ކުރީ ސުވާލެކެވެ.
އެއްސަފަކަށް އަތުރާލާފައިވާ އަސްދޫނިތަކެއް ދައްކާލުމަށް ފަހު އޭނާ ކޮށްފައިވާ ސުވާލަކީ "ކިތައް އަސްދޫނި" މިހެންނެވެ.
އަސްދޫނި ގުނުމަށް ހަވާލު ކުރެވިފައިވާ މަސައްކަތަކީ ބަލާބެލުމަށް ފަސޭހަ މަސައްކަތެއް ކަމުގައިވިޔަސް، ތަސްވީރަށް ކައިރިން ބަލާލުމުން މިއީ އަދި ހީކުރިވަރަށް ވުރެން އުނދަގޫ މަސައްކަތެއް ކަން އެނގުނެވެ.
A very simple question- how many 🦆 s? pic.twitter.com/12xV2An9sf
— Harsh Goenka (@hvgoenka) January 27, 2021
މީގެ މިވާ ތަސްވީރަށް ރަނގަޅަށް ބަލާލުމަށް ފަހު އޭގެއިން ފެންނަނީ ކިތައް އަސްދޫނިތޯ ގުނާލާށެވެ.
މީގެ ދެދުވަސް ކުރިން ކޮށްފައިވާ މި ޓްވީޓްގައިވާ މި ފޮޓޯއަށް 1000 އަށް ވުރެ ގިނަ ލައިކް އަދި އެތައް ސަތޭކައަށް ވުރެ ގިނަ ކޮމެންޓް ލިބިފައިވެއެވެ.
ބައެއް މީހުން އެތަސްވީރުގައިވަނީ 19 އަސްދޫނިކަމަށް ބުނާއިރު އަނެއް ބަޔަކު ބުނެފައިވަނީ 9 އަސްދޫނި ކަމުގައެވެ.
މީގެ ކުރިންވެސް މިފަދަ މަސައްކަތްތަކެއް މީސް މީޑިއާގެ ސަމާލުކަމަށް ގެނެސްފައި ވެއެވެ. އެއްބަޔަކު ވަގުތު ނަގައިގެންވެސް މި މަސައްކަތުގައި އުޅެ ރަނގަޅު ޖަވާބުވެސް ދެއެވެ.
15
17
17 ހެން ހީވަނީ
11
15 އެތި ފެންނަނީ.
17 އަސްދޫނި
ދެން އަދަދު ޖެހި ނަމަ؟؟؟؟؟؟😎
ދެން އަދަދު ކޮބާ؟؟؟؟؟
11
20
16
17
13 އަސްދޫނި
17
12
މިސުވާލުގެ ޖަވާބު ލިބޭނީ އަންނަހައްފްތާ ހުކުރުދުވަހު ޝުކުރިއްޔާ
17
ތިޔަބުނާ ގޮއެންކާއަކަށް ވުރެ މާކުރިންވެސް އިންޓަނެޓުގައި އުޅޭ ފޮޓޯއެއް ތިޔައީ.
ޝިޔާ އެވިދާޅުވީ ރަނގަޅައް 13 އިނގޭތޯ.
17 އިނގޭތޯ.
13 އަސްދޫނި
13
13 އަސްދޫނި
17