ޕާކިސްތާނުގެ ޕައިލެޓަކަށް އުޑުމަތިން އަލިގަދަ އުދުހޭ އެއްޗެއް ފެނިގެން އެކަން މީޑިއާތަކުގެ ސަމާލުކަަމަށް އައިސްފައެެވެ. އެއީ ކޮން އެއްޗެއްކަން އަދި ވަނީ ކަށަވަރު ނުވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ޕައިލެޓަށް ގޮތް ނޭނގޭ އެ އަލިގަދަ އެތި ފެނިފައި ވަނީ ރަހިމް ޔަރް ޚާން ކައިރިންނެވެ. އެއިރު އޭނާ ދިޔައީ، ކަރާޗީން ލާހޫރަށް އޭއާބަސް އޭ320 ގައި ދަތުރު ކުރަމުންނެވެ.
އޭނާ ވަނީ އެ ގޮތް ނޭނގޭ އުދުހޭ އެތީގެ ވިީޑިއޯވެސް ނަގާފައެވެ.
Is it a UFO seen in Pakistan ? PIA pilots of PK 304 recorded video on 23 Jan flying between Multan and Sahiwal . PIA spoke person confirmed video and said at this time nothing cab be said about the object . pic.twitter.com/Y8tHHyU6G7
— MOHSIN NAWAZ (@ask_not_why) January 27, 2021
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އެ ވީޑިއޯ ނަގާފައި ވަނީ ދުވާލު ގަޑިއެއްގައެވެ. އެފަދަ ގަޑިއެއްގައި އުޑުމަތިން އަލިގަދަ އެއްޗެ ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ.
އެ ޕައިލެޓް ބުނީ، ފެނުނު އެ އެއްޗަކީ ޕްލެނެޓަކަށް ނުވާނެ ކަމަށެވެ. ބޮޑަށް ބެލެވެނީ އެއީ ސްޕޭސް ސްޓޭޝަނެއް ކަަމަށް އޭނާ ބުނެފައި ވެއެވެ.
ޕައިލެޓްގެ އިތުރުން، ރަހިމް ޔަރް ޚާންގައި ދިރިއުޅެމުން އަންނަ ބައެއް މީހުންނަށްވެސް އެ ގޮތް ނޭނގޭ އަލިގަދަ އެތި ފެނިފައި ވެއެވެ. އެ މީހުންވެސް އޭގެ ވީޑިއޯ ނަގާފައިވާ ކަމަށް ވެއެވެ.
އެ އެއާލައިންގެ ތަރުޖަމާން ބުނެފައި ވަނީ، ޕައިލެޓްއަށް އެ ގޮތް ނޭނގޭ އަލިގަދަ އެތި ފެނިފައި ވަނީ ޖެނުއަރީ 23 ވަނަ ދުވަހު ކަރާޗީން ލާހޫރަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އޭތި ފެނިފައި ވަނީ ރަހިމް ޔަރް ޚާން ކައުރިން އެ ދުވަހުގެ ހަވީރު 16:00 ގައި ކަމަށް ބުނެފައި ވެއެވެ.
އެއީ ކޮން އެއްޗެއް އަދި ނޭނގޭ ކަމަށާއި، ކެޕްޓަންއަށް އޭތި ފެނުމާއެކު ކޮންޓްރޯލް ރޫމަށް އެކަން އެންގި ކަމަށެވެ.
ޖިންނިއެއް
ޢެވާނީ އަޔަންމޭންކަމަށް🤔
ގެރެންޓީ އެންނު. އެއީ މަކަން
ތިޔައީ ކެނެރީގޭ ނަޝީދުގެ ކަމެއް.
އެވެދާނެ އިރުގެ އަލި ރިފްލެކްޓް ވާ އެލްމިނިއަމް ފޮއިލް ކައިޓެއް ނޫނީ ހުދުކުލައިގެ ބޮޑު ފުއްޕާހަމަކަށް އެޅިފައިވާ އިރުގެ އަލި ރިފްލެކްޓް ވެފައި ކަމަށްވެސް. ނޫނީ މީޓިއޮރައިޓެއް ވެދާނެ