ބަތަލާ ކެޓްރީނާ ކައިފް އިންސްޓަގްރާމް އަށް ދޫކޮށްލި ފޮޓޯއަކަށް އެތައް ބައެއްގެ ސަމާލުކަން މި ވަނީ ލިބިގެން ގޮސްފައެވެ. އެ ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީީ، އޭނާ މީހެއްގެ ކޮނޑުގައި ބޯ އަޅާލައިގެން ނުވަތަ މީހެއްގެ ގައިގައި ބައްދާލައިގެން އޮތް ކަމަށް ބޮޑަށް ބެލެވޭތީ އެވެ.

ގިނަބަޔަކު ތުހުމަތު ކުރާގޮތުގައި، އޭނާ ވަނީ ވިކީ ކޮޝާލްގެ ކޮނޑުމަތީގައެވެ.

ކެޓްރީނާ އާއި ވިކީ ގުޅުމާ ބެހޭގޮތުން ގިނަ މީހުން ސުވާލް އަމާޒްވެފައިވާއިރު އެންމެ ގިނައިން މީހުންގެ ތެރޭގައި ވާހަކަތަށް ދެކެވެމުންދާ ޖޯޑަކަށް މިދެމީހުން ވެފައިވެއެވެ. އެކަމަކު މި ދެ މީހުންނަކީ ދެ ލޯބިވެރިންކަން އަދި ކަށަވަރުކޮށެއް ނުދެއެވެ.

ނަމަވެސް ކެޓްރީނާ އިންސްޓާގްރާމްގެ ސްޓޯރީއަށް ދޫކޮށްލި ބަޓަރފުލައި ފިލްޓަރގަ ނަގާފަވާ މި ފޮޓޯއިން ފެންނަނީ އޭނާ ވަރުބަލިވެގެން މީހެއްގެ މޭމަތީގައި ބޯ އަޅައިގެން އޮންނަ މަންޒަރެވެ.

ކެޓްރީނާގެ ގިނަ ފޮލޯވަރުން މި ފޮޓޯ ބަލާފާވާއިރު އެމީހުންގެ ލޮލުގަ އަޅައިގަތި މި ފޮޓޯގައި ވަނީ އެންމެންގެ ތެރޭގައި ވާހަކަތަށް ފެތުރިގެން ދިޔަ އޭނާގެ ލޯބިވެރިޔާ ވިކީގެ ޓީޝާޓެވެ. ބައެއް މީހުން ގަބޫލު ކުރާގޮތުގައި އެއީ ބާލީހެކެވެ.

ނަމަވެސް އޭނާގެ ފޭނުން ވަނީ ވިކީގެ ޓިޝާޓްގައި ހުރި ގޮތަށް ފޮޓޯގައި ވާ ޖީބުވެސް ފާހަނގަކޮށް ވާހަކަ ދައްކާފައެވެ.

ކެޓްރީނާއާއި ވިކީގެ ފޭނުން ތިބީ މިދެމީހުންގެ އިތުރު ފޮޓޯތަކެއް ޓްވިޓާ މެދުވެރިކޮށް ފެންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ކެޓްރީނާ ވިކީ ލޯބީގެ ގޮތުން ގުޅިފައިވަނީ 2019 ވަނަ އަހަރުގައި ކަމަށް ގިނަބަޔަކު ބުނެފައި ވެއެެވެ. ހަމަ އެހަރު ކޮފީ ވިތް ކަރަން 6 ގައި ވާހަކަ ދައްކަމުން ކެޓްރީނާ ބުނެފައިވަނީ އެދެމީހުން އެކީގައި ފެންނަ އިރު ވަރަށް ގުޅޭނެކަމުގައެވެ.

މިދިޔައަހަރު ކެޓްރީނާ އާއި ވިކީ ވަނީ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އާއެކީ އިޝާ އަމްބާނީގެ ހޯލީ ޕާޓީ ތެރެއިން ފެނިފައެވެ. އަދި މުމްބައީގެ އެކިއެކި ޕާޓީ ހަފްލާތަކުން ވެސް މި ދެމީހުން ފެނިފައިވެއެވެ.