އޭރު އޭނާ ދިރިއުޅެމުން ދިޔައީ ޝާހީ ދިރިއުޅުމެކެވެ. އަތުގައި އެންމެ ފަހުގެ ގަޑި އަޅާފައި ހުންނައިރު، ދުއްވަނީ ފަހުގެ ކާރުތަކެވެ. ދުނިޔަވީ ޙަޔާތުގައި އޭނާ އޭރުވެސް ވަރަށް ކާމިޔާބެއެވެ. އެއީ ސެކިއިރިޓީ އަދި އިލެކްޓްރޯނިކް ކުންފުންޏެއްގެ ބާނީ އަދި ހިންގުންތެރިޔާއެވެ. ނަމަވެސް އޭނާގެ ހަޔާތް ބަދަލުކޮށްލީ 2015 ވަނަ އަހަރު އޭނާއަށް ކެންސަރު ބަލި ޖެހިފައިވާކަން އެނގުނު ހިސާބުންނެވެ. މިއީ ދާދިފަހުން އަވަހާރަވި މުސްލިމެއް ކަމުގައިވާ އަލްމަރްޙޫމް އަލީ ބަނާތުގެ ވާހަކައެވެ.

2015 ވަނަ އަހަރުގެ ފަހުކޮޅުގައި ބަނާތުއަށް ކެންސަރުގެ ވަރަށް އާއްމުނޫން ވައްތަރެއް ކަމުގައިވާ އެޑެނިއޮޑް ސިސްޓް ކާސިނޮމާ ޖެހިފައިވާކަން އެނގުނެވެ. އަދި އޭނާ ދިރިއުޅުމަށް ބާކީ ދެން އޮތީ 7 މަސް ކަމުގައި އޭނާ ބެއްލެވި ޑަކްޓަރުން އޭރު ބުންޏެވެ. އަލީ ބަނަތްގެ މުޅި ދިރިއުޅުން ބަދަލުވީ މިހާ ހިސާބުންނެވެ. އަލީ ބަނާތު ވިދާޅުވި ގޮތުގައި ކެންސަރަކީ އޭނާއަށް ﷲ ދެއްވި ހަދިޔާއެކެވެ. އެކަލާންގެ އޭނާގެ އުޅުން ބަދަލުކޮށްލުމަށް ދެއްވި ފުރުސަތެކެވެ.

ދިރިއުޅެން ބާކީ އޮތީ ކިތައް ދުވަސްކަން އެނގުމާއެކު ދެންވެސް އަވަސްވެ ގަންނާނީ ދިރިއުޅުމުގައި ނުކުރެވި ހުރި ކަންތައްތައް ކުރާށެވެ. އެއްކުރި މުދާކޮޅުން މަޖާކޮށްލާށެވެ. ނަމަވެސް ކެންސަރު ޖެހުނުކަން އެނގުނު ހިސާބުން އަލީ ބަނާތުގެ ޙަޔާތް މުޅިން ބަދަލުވިއެވެ. ތަނަވަސްކަމަކީ މުދާ ހުރުން ނޫން ކަމުގައި ދަނެ، އޭނާގެ ވިޔަފާރި ވިއްކާލިއެވެ. އަދި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެޙިތެރިވުމަށް އަލީ ބަނާތުގެ އުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރިއެވެ.

ބަނަތްގެ ފުރަތަމަ މަންޒިލަކަށްވީ ފަގީރުންގެ ނިސްބަތް އިންތިޙާއަށް ގިނަ އެފްރިކާ ބައްރެވެ. އެފްރިކާ އަށް ޒިޔާރަތްކޮށް ބަނާތުގެ ފުރަތަމަ މަސައްކަތަކަށްވީ ﷲ ސުބްޙާނަޙޫ ވަތަޢާލާއަށް އަޅުކަން ކުރުމަށް މިސްކިތެއް އެބިމުގައި އެޅުމެވެ. އަދި ކުދިންނަށް ބޭނުންވާާ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށް ސުކޫލެއް އަޅައިދިނެވެ. މިވަރުން އަލީ ބަނާތުގެ މަސައްކަތް ހުއްޓަވައެއް ނުލައްވައެވެ. ބަނާތުގެ މަސައްކަތް އިތުރަށް ފުޅާކޮށް "މުސްލިމްސް އެރައުންޑް ދަ ވޯލްޑް" ގެ ނަމުގައި ޖަމިއްޔާއެއް އުފެއްދިއެވެ. އަދި މާލީ ގޮތުން ދަތިކަން ހުރި މުސްލިމުންނަށް އެހީތެރިވުމުގައި ބަނާތު ދެމިހުންނެވިއެވެ. މީގެ ތެރޭގައި ހާލުގައި ޖެހިފައިވާާ މީހުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމާއި އަމިއްލަ ފައިމައްޗަށް ތެދުވަން ބޭޭނުންވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ބަނާތު މިދުނިޔެއާ އަލްވަދާޢުކީ އެތައް ބައެއްގެ މޫނު މައްޗަށް އުފާވެރިކަން ގެނެސްދީފައެވެ. އެތައް ބައެއްގެ ޒަރޫރީ ބޭނުންތައް ފުއްދައިދޭނެ މަގު ތަނަވަސްކޮށްދީފައެވެ. ކެންސަރުގެ ބައްޔާ ހަނގުރާމަ ކުރުމަށްފަހު ބަނާތު މިދުނިޔެއާއި އަލްވަދާޢުކީ 3 އަހަރަށް ފަހުގައެވެ. މިއަދު އޭނާއަކީ އެތައް ބައެއްގެ އަސްލު ހީރޯއެވެ.

ބަނާތުގެ ނިޔާވުމުގެ ކުރިން އޭނާ ނިޔާވުމަށްފަހު އާއްމު ކުރުމަށް ވަސިއްޔަތްކޮށް ވީޑިއޯއެއް އާއްމުކޮށްފައިވެއެވެ. ތިރީގައި މިވަނީ އެވީޑިއޯއެވެ.

މިވީޑިއޯގައި ބަނާތު އަށް އެހީތެރިވެދިން އެންމެނަށް ބަނާތު ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ދުނިޔެއަކީ ވަގުތީ އާލަމެއްކަން ހަދާންކޮށްދީ ދުނިޔޭގައި ﷲ ސުބްޙާނަޙޫ ވަތަޢާލާ ދެއްވާފައިވާ ކުދި ކުދި ނިޢުމަތްތަކަށް ޝުކުރުކުރަންވެސް ހަދާންކޮށްދީފައިވެއެވެ.

ބަނާތު ވިދާޅުވެފައި ވަނީ ދުނިޔޭގައި އުޅުނުއިރު އެއްކުރި މުދާތަކަށްވުރެ، ކޮންމެ ދުވަހަކު ހެދުނު މިދުނިޔަށް ލޯހުޅުވުމަކީ ލިބޭ އުފަލެއް ކަމަށް ދެކުމަށެވެ. މަރުވާނެ ދުވަހެއް ނޭންގޭނެ ކަމަށް ހަދާންކޮށްދެމުން ބަނާތު ވިދާޅުވެފައިވަނީ ދިރިއުޅުމުގައި އަބަދުވެސް މަޤްޞަދެއް އޮންނަން ޖެހޭނެކަމަށެވެ. ދުނިޔޭގެ ކަންތައްތައް ބަދަލުވަމުން އަންނަ ކަމަށް ފާހަގަކޮށް ބަނާތު ވަނީ ދުނިޔޭގެ ޝަޚްވަތްތަކަށްޓަކައި އުޚްރަވީ ޙަޔާތް ނަގާނުލުމަށް ގޮވާލާފައެވެ.

ބަނާތު އިތުރަށް ވިދާޅުވެފައި ވަނީ ﷲ ސުބްޙާނަޙޫވަތަޢާލާ ކޮންމެ ކަމެއްވެސް ދެނެވޮޑިގެންވާނެ ކަމަށާއި އެދުމަތީގައި އެކަނި ރޯން ހުންނަ ވަގުތު އޭނާއަށް މީހުންގެ އެހީތެރިކަން ބޭނުންވި ކަމަށާއި، އަދި އެކަމަށް ﷲ ސުބްޙާނަޙޫ ވަތަޢާލާ މަގު ފަހިކޮށްދެއްވި ކަމަށެވެ. އަދި ދުނިޔޭގެ އެތަން މިތަނުން އޭނާއާ ހަމައެކަނި ބައްދަލުކޮށްލުމަށް މީހުން އައިސްފައިވާ ކަން އޭނާ ފާހަގަ ކުރިއެވެ. އަދި ދިގު ދަތުރަކަށްފަހު އޭނާއާ ބައްދަލު ކުރަން މީހުން އައީ ފޮޓޯ ނަގަން ނޫން ކަމަށް ފާހަގަކޮށް، އޭނާ ވިދާޅުވެފައި ވަނީ މީހުން އައިސްފައިވަނީ އޭނާގެ ޙާލު ބަލާލުމަށްޓަކައި ކަމަށެވެ. އަދި މިއީ ﷲ އަށް ޓަކައި ލޯބިވުން ކަމުގައިވެސް ބަނާތު ވަނީ ސިފަކޮށްފައެވެ.

ﷲ ސުބްޙާނަޙު ވަތަޢާލާ އަލީ ބަނާތު އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. އާމީން!

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޢަލީ

  އާމީން

 2. ޏ

  ޢާމީން

 3. މުހައްމަދު

  އާމީން

 4. މީ މަ

  ﷲ ހުންމަ އާމީން

 5. ހައްޖަ

  އާމީން

 6. ސަންޖޭ ލީލާ ބަންސާލީ

  އަރީހުގެ ލިޔުންތައް ވަރަށް ރަނގަޅުކަން ފާހަގަ ކުރެވޭ..މާޝާﷲ☺☺

 7. ބުލޫ

  އާމީން.މިޒުވާނާގެ ބަދަލުވި ހަޔާތުގެ ވާހަކަ ވ.އަސަރުގަދަ.ރޮވިއްޖެ.

 8. Anonymous

  އާމީން

 9. އަލީ

  އާމީން

 10. ޝަހިީދާ

  މާތްﷲ ޢަލީ ބަނާތަށް ސިވަރު ގޭގެ ނިޢުމަތް ދެއްވާށި! އާމީން

 11. محمد وحيد

  އާމީން

 12. محمد وحيد

  بناتއައްސުވަރުގޭގެ ދާއިމީ ނިއުމައް ދެއްވަވާފާނދޭވެ އަާމީން

 13. ރައްދު

  އާމީން

 14. ރިޝް

  އާމީން