ނޯރާ ފަތޭހީގެ ފަރި ހަރަކާތްތަކުން މުޅި ބޮލީވުޑް ދަނީ ފަތަހަ ކުރަމުންނެވެ. ތަފާތު ރީތިކަމުގެ ސަބަބުން ބޮޑު މަޝްހޫރު ކަމެއް އޭނާ އަށް ވަނީ ލިބިފައެވެ. އެތައް ހާސް ފޮލޯވަރުންނެއް މީސްމީޑިއާގައި ތިބި ނޯރާގެ ކޮންމެ ހަރަކާތަކަށް އާއްމުންގެ ނަޒަރު ވަނީ ހުއްޓިފައެވެ.

ނޯރާ ދާދިފަހުން ކުރި ޕޯސްޓަކާއި އެކު ފޭނުންގެ ހިތުގައި އެތައް ސުވާލެއް ވަނީ އުފެދިފައެވެ. އޭނާ ވަނީ ބަދަލު ހިފުމަކީ އޭނާ ކުރާ ހިތްވާ ކަމެއް ކަަމަށް އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައެވެ. އަދި އޭނާ އަކީ ކުރިން ވެފައިވާ ކަންތަކާ މެދު ދެރަވެ ހިތާމަކުރާނެ މީހެއް ނޫން ކަމަށް ވެސް ނޯރާ ވަނީ ބުނެފައެވެ. ނޯރާގެ އެ މެސެޖްގެ ފަހަތުގައި ބޭނުންކޮށްފައި ވަނީ ޑެވިލް އިމޭޖްއެެެވެ.

ނޯރާގެ މި ޕޯސްޓަކީ ކޮންކަމަކާއި ގުޅިގެން ކުރި ޕޯސްޓެއް ކަން ސީދާ އެނގޭކަށް ނެތެވެ.

Nora Fatehis Instagram story.

ދިލްބަރް ލަވައިން އާއްމުންގެ ތެރެއަށް މަގްބޫލްވެގެން އައި ނޯރާއަކީ އޯ ސާކީ ސާކީ، ކަމަރިޔާ، އެކް ތޮ ހަމް ޒިންދަގާނީ ފަދަ އެތައް ލަވައަކުން ފެނިފައިވާ ފަންނާަނެކެވެ. އޭނާ އަކީ ބޮލީވުޑްގެ އެންމެ އަގުބޮޑު އެއް ނެށުންތެރިޔާވެސްމެއެވެ. އޭނާ އޭބީސީޑީގެ އެންމެ ފަހުގެ ފިލްމުގައި ދައްކުވައިދިން ހުނަރަށް ވެސް އެތައް ބައެއްގެ ތައުރީފު ލިބުނެވެ.

ނަމަވެސް ނޯރާގެ ލޯބީގެ ހަޔާތް އެހާ ކާމިޔާބު ކަމަކަށް ނުބެލެވެއެވެ. އެއީ މިހާތަނަށް އައި އިރު އޭނާ އާއި ބައެއް މީހުންނާއި ގާތް ގުޅުމެއް އޮތް ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެއިން އެއްވެސް މީހަކާއި ގުޅުމެއް އޮތްކަން ނޯރާ ކަށަވަރުކޮށްދީފަައި ނުވުމެވެ.

ކިޔުންތެރިންގެ ހިޔާލު