ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ މަޝްހޫރު މީހުންގެ ތެރެއިން އެކަކަކީ ލަވަކިޔުންތެރިޔާ އިންނައެވެ. އުމުރުން 34 އަހަރުގެ އިންނަ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓަކީ ޔޫ އެންޑް މީ މޯލްޑިވްސްގައެވެ. އިންސްޓަގްރާމްގައި އޭނާ ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް އާންމު ކުރަމުންދާ އިރު، ގިނައީ ރިސޯޓުގެ ބީޗު ކައިރީގައި އާއި ޕްރައިވެޓް ޕޫލް ކައިރީގައި ނަގާފައިވާ ރީތި ފޮޓޯތަކެވެ.

އިންނަ އަށް ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ތަޖުރިބާކޮށްލަމުންދާ އިރު، މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

ދެ މިލިއަނަށް ވުރެ ގިނަ ފްލޯވަރުން ތިބޭ އިންނަ އިންސްޓަގްރާމްގައި އިންނަ ސަގާފީ ލަވައަކަށް ނެށި ކަމަށް ބުނީ މީގެ ދެ ދުވަހެއް ވަރު ކުރިންނެވެ. އިންސްޓަގްރާމު މެދުވެރިކޮށް ނަށާ ވީޑިއޯއެއް ހިއްސާކޮށްފައި ނުވި ނަމަވެސް އިންނަ ވަނީ ސަގާފީ ލަވައަށް ނެށި ކަމަށް ބުނެފައެވެ.

އެކަމަކު، އޭނާ ނެށީ ސަގާފީ ކޮން ލަވައަކަށް ކަމެއް ބުނެފައެއް ނުވެއެވެ.

ރޮމޭނިއާ އަށް އުފަން އިންނައަކީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ލަވަކިޔުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮޕާޑި

    އަހަރުމެންގެ މަޝްހޫރު އެތައް ބަޔަކު އިންޑިޔާގެ ސަގާފީ ލަވަޔަކަށް ނެށި ވާހަކަ އިންޑިޔާގެ ނޫހެއްގައި ނުޖެހީމާ ދެރަވެފައި އެބަ އިނިން.