ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރު އޮފީހަށް ދާން ބޭނުން ނުވާ އެތައް ބަޔަކު ތިބޭނެއެވެ. އެހެން ނަމަވެސް އޮފީހަކީ ހިތްހަމަ ޖެހިލައިގެން ފަސޭހަކަމާއި، އަދި އެހާ ރީތި ތަނެއް ނަމަ އެތަނަށް ނުދާން ބޭނުންވާ އެއްވެސް މީހަކު ނުތިބޭނެ ކަން ޔަގީނެވެ. އެފަދަ ރީތި އޮފީހެއް މި ހުރީ އިންޑިއާގެ ނިއު ދިއްލީ ބޭރުގައެވެ. މިއީ މައިކްރޯސޮފްޓްގައި މަސައްކަތް ކުރާ މީހުންގެ އޮފީހެެވެ.

އިންޑިއާގައި ހުންނަ ތާޖް މަހަލް އެއީ އިންސްޕިރޭޝަންއަކަށް ބަލައިގެން ހަދާފައިވާ، މައިކްރޯސޮފްޓް އިންޑިއާ ޑެވެލޮޕްމެންޓް ސެންޓަރު މި ހުންނީ ނޮއިޑާގައި ހުންނަ ހަ ބުރީގެ އިމާރާތެވެ. 90،000 އަކަ ފޫޓްގެ އެ އިމާރާތުގެ އެންމެ މަތީ ތިން ބުރި ބޭނުން ކުރަނީ މައިކްރޯސޮފްޓުންނެވެ.

މި އޮފީހަށް ބަލާލުމުން ބުރަ މަސައްކަތްތަކެއް ފެނިގެން ދެއެވެ. އެމެރިކާ އެ ކުންފުނިން ބުނީ، މި އޮފީހުން ފެނިގެން ދަނީ ޓެކް-ޑްރައިވެން އިންފްރާސްޓަރަކްޗައެއް ކަަމަށްވެސް ބުނެފައި ވެއެވެ.

މ އޮފީހުންނަށް އިންޖީނިއަރިންގގެ ހުނަރުވެރިކަން ފެނިގެން ދާނެއެވެ. އަދި މި ތަނުން ވިޔަފާރި އާއި ޕްރޮޑަކްޓިވިޓީ ޓޫލްސް، އާއި އާޓިފިޝަލް އިންޓަލިޖެންސް، ކްލައުޑް އެންޑް އެންޓާޕްރައިޒް ކޯ ސާވިސެސް އަދި ދަ ނިއު ގޭމިންގ ޑިވިޝަން ކޯއެކްސިސިޓް ފެނިގެން ދާނެއެވެ.