ފުރާންސްގެ ރައްޔިތެއް ކަމަށްވާ އުމުރުން 32 އަހަރުގެ އެންތޮނީ ލެފްރެޑޯ ނަމަަކަށް ކިޔާ މީހާކު ކަޅު އޭލިއަނަކަށް ބަދަލުވުމަށްޓަކައި އޭނާގެ ހަށިގަނޑަށް އެތައް ބަދަލުތަކެއް ގެނެސްފިއެވެ.

އަސްލު އޭލިއަނަކާއި އެއްވަތަރު ކުރުމަށް މުޅި ހަށިގަނޑުގައި ޓެޓޫ ޖަހާފައިވާ މި މީހާ ވަނީ ފުރާންސްގައި ވެސް ކުރުން މަނާކޮށްފައިވާ އޮޕަރޭޝަންތަކެއް ބުރެޒިލަށް ގޮސް ކޮށްފައެވެ.

އެންތޮނީ ވަނީ އޭނާގެ ކަންފަތް ވެސް ސާޖަރީ ކޮށްގެން ނަގައިފައެވެ. މީގެ އިތުރުން ވެސް އޭލިއަނަކާއި ބޮޑަށް ވައްތަރުވުމަށްޓަކައި ވަނީ ދޫ ވެސް ދެ ބުރިކޮށްލައި، އަދި ލޯ އަނދިރިވެދާނެ ކަމުގެ ބިރު އޮތް ނަމަވެސް އޭނާ ވަނީ އޭނާގެ ލޮލުގެ އެތެރޭގައި ވެސް ޓެޓޫ ޖަހައިފައެެވެ.

މޫނުމަތީގައި ވެސް ތޮރުފައި އެއްޗެހި އެތެރެއިން ލާފައިވާ އެެންތޮނީ އެންމެ ފަހުން ނިންމާފައިވަނީ އޭނާގެ ނޭފަތް ވެސް ބުރިކޮށްލުމަށެވެ. އަދި ވަރަށް ފަހުން އޭނާ ވަނީ ނޭފަތް ވެސް ބުރިކޮށްލައި ސާޖަރީ ހަދައިފައެވެ.

އޭލިއަނަކާއި އެއްވަތަރު ކުރުމަށް އޭނާ ކުރި އެންމެ ފުރަތަމަ ސާޖަރީއަށް ފަހުގައި އޭނާގެ ރީތި ސިފަ ގެއްލިގެން ދިޔުމުން އެކަމާއި ހިތާމަ ނުކުރާ ކަމަށް ވެސް އެންތޮނީ ބުނެފައިވެއެވެ.

2017 ވަނަ އަހަރު ފުރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެންތޮނީ ބުނެފައިވަނީ އެންމެ ކުޑައިރުވެސް ހަށިގަނޑަށް ތަފާތު ބަދަލުތައް ގެންނަން އޭނާ ބޭނުންވާ ކަމަށެެވެ.

ސެކިޔުރިޓީ ގާޑަކަށް އުޅުނުއިރު އެންތޮނީއަށް އެ އުޅެވެނީ އަދި އެންމެ ރަނގަޅު ދިރިއުޅުން ނޫންކަމަށް ގަބޫލު ކުރެވި އުމުރުން 24 އަހަރުގައި އޭނާގެ ދިރިއުޅުން އޮސްޓްރޭލިޔާއަށް ބަދަލު ކުރި ކަމަށް ވެސް އެންތޮނީ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ައަންނިބެ

    މިހާރު ވަރަށް ހޮޓް.

    2
    18
  2. މިމީ

    ދެން ތިބުނާ އޭލިޔަނަކާ ވަށްތަޜުވިބާ؟

    24
  3. ގަނޑިޔާ!!!

    ހާހާހާހާ...ހީވަނީ ވައްކަންކޮށްފައި އުނދުނު ފުއްޑަނަށް އެރި އޮއްވަ ރެޑްވެގެން ތަލައިގަ އެތައް ތާކު ލަޑާފަ ހުރިހެން...ނޫނޭ ވާ ހޭއަރުވާލާފަ އެބަހުރި....ކެކެކެކެ!!!!

    21
    1
  4. އަޙްމަދް

    ކުރިން އަހަރުމެންނަށް ފެއްނަނީ އެފްރިކާ ކަޅުމީހުން ގައިގެ ތަންތަންކަނޑާނަގާ އެގޮތްމިގޮތްހަދާ އަމިއްލަ ހަށިގަނަޑަށް އަނިޔާދީފަހުއްނާތީއެވެ.
    އެއީ އެމީހުންގެ ސަގާފީގޮތުން ނާއި ޒީނަތްތެރިވުގެ ގޮތުން އެކަން ކޮށް އުޅެނީއެވެ.
    މިކަމާ ދޮންމީހުން ވަރަށަ މަލާމާތްކޮށް ބުނެ އުޅެއެވެ.
    ކަޅުމީހުންނަކީ ހަދަހާ ނާތހުޒިބު ބަޔެކެވެ.
    މިފަހަރު މިއޮތީ “ދޮންމީހަކު”ޚިޔާލީ ދުނިޔޭގައި އުޅެބަޔަކާއި ވައްތަރުމުގެ ބޭނުމުގައި ގައިގެ ގުނަވަންތަށް ބުރިކޮށް ގައިގެ އެތަށް މިތަނަށް އަނިޔާދީ ހައްދުފަހަނައަޅަގޮސްފައެވެ.
    މީ ހަމަ ދޮންމީހުގެ ތަހުޒީބުކަމާއި އެމީހުންގެ ހެލުންތެރި ކަންތާ ދޯއެވެ؟

    14
  5. ޥިސްނާ

    ނޫނޭވާ ޝައިތޯނާގެ ބަސް އަހާފަ އެބަ ހު ރިތާދޯ.

    17
  6. ޙާޒީ

    ދެން މުޅިގައިގެ ހަންގަނޑު ނޮޅާލާފަ ބަކަ ރި ހަނގަނޑެއް ހިތްޕާލިނަމަ ހިތްޕާލިނަމަ އަދި މާ ވައްތަ ރުވާނެ ތިޔަ ބޭނުންވެގެން އުުޅޭސޫ ރައާއި

    12