ބުރާސްފަތި ދުވަހުގެ ހެނދުނު ކ. ހިންމަފުށީ ގެއެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދަނިކޮށް ބިދޭސީއެއްގެ ގައި މައްޗަށް މި ވަނީ ޝީޓެއް ވެއްޓިފައެވެ. މި ހާދިސާއަށްފަހު އެ ބިދޭސީ މީހާއަށް ނުހިނގޭ ކަމަށް ވެއެވެ. މި ހާދިސާގައި އޭނާގެ މައިބަދައަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި އޭނާގެ އޮޕަރޭޝަންތަކެއް އައިޖީއެމްއެޗްގައި ކޮށްފައި ވެއެވެ.

މި ހާދިސާ ހިނގާދިޔަ ގޮތް އަދި ސާފްވާ ގޮތް ވަނީ ނުވެފައެވެ. އެހެން ނަމަވެސް މި ހާދިސާ ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

އެ ވީޑިއޯގައި ފުރަތަމަ ފެނިގެން ދަނީ އެ މީހާއެކު ޝީޓު އައިސް އޭނާގެ ގައިމައްޗަށް ވެއްޓޭ މަންޒަރެވެ. އޭނާ އެތަނުން ވެއްޓެނީ ކިހިނެއް ވެގެން ކަން ވީޑިއޯއިން ސާފެއް ނުވެއެވެ. ދެން އެ ވީޑިއޯއިން ފެނިގެން ދަނީ އެ މީހާއަށް އެެހީވުމަށް އެހެން މީހަކު ކައިރިވާ ތަނެވެ. އަދި އޭނާ ޝީޓް އެ މީހާގެ ގައި މަތިން ނެގޭތޯ ބަލާއިރު، އިތުރު މީހަކު ދުވެފައި އެ މީހާއަށް އެހީވުމަށް ކައިރި ވެއެވެ.

އަދި އެ ސަރަހައްދުން ސައިކަލުގައި ދިޔަ ޕްރައިވެޓް ހަސަން ވަހީދު އެތަނަށް މަޑުކޮށް އެ މީހާއަށް އެހީވުުގައި އުޅުއެވެ. އެ ވީޑިއޯގައި އިތުރު މީހުންވެސް އެ ސަރަހައްދަށް އެއްވާ މަންޒަރު ފެނެއެވެ. އަދި މީހުން ވެގެން އެ މީހާގެ ގައިމައްޗަށް ވެއްޓުނު ޝީޓް ނަގާ މަންޒަރު ފެނެއެވެ.

ހަސަން ވަހީދު ބުނިގޮތުގައި، އެ މީހާ އެތަނުން ނެގިއިރު، އަނގަން ފޮނިތައް ވަނީ އައިސްފައެވެ.

ދެން ފެނިގެން ދަނީ އެ މީހުންގެ މަސައްކަތުން އޭނާ އެތަނުގެ ކައިރީގައި ހުރި ގާޑިއަކަލަށް އަރުވައިގެން ގެންދާ މަންޒަރެވެ.

އޭނާގެ ގައިމައްޗަށް ވެއްޓުނީ އެގޭގެ ބޭރު ވަށާ ފާރުމަތީގައި އަޅަން އުޅުނު ޝީޓެއް ކަމަށް ވެއެވެ.

ހަސަން ވަހީދު އާ ގާތް މީހަކު "ވަގުތު"އަށް ބުނީ، އެ ޝީޓު އެ މީހާ ގަޔަށް ވެއްޓުނު ވަގުތަކީ އޭނާ ޑިއުޓީ ނިންމާފައި ގެއަށް ދިޔަ ވަގުތު ކަމަށެވެ. އެއީ އިއްޔެ ހެނދުނު 8:15 ހާއިރު އެވެ.

މި ހާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ފުޅު ވަނީ ހަސަން ވަހީދަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި އޭނާ ވެދިން އެހީ ބަލައިގަނެފައެވެ.

"ޑިއުޓީ ނިންމާފައި ގެއަށް ދަނިކޮށް އެ ޝީޓެއް ބިދޭސީ މީހެއްގެ ގަޔަށް ވެއްޓުނުތަން ފެނުނީމަ އޭނާ އިތުރު ދެ މީހަކު ވެގެން، ޝީޓް ނަގާފައި ޝީޓް ދަށުގައި އޮތް މީހާގެ ބޮލަށް ފެން އަޅާފައި ގާޑިއަލަކަށް އަރުވައިގެން މަރުކަޒަށް ގެންދިޔައީ". ޕްރައިވެޓް ހަސަން ވަހީދްގެ ގާތް މީހަކު ބުންޏެވެ.