ފަސް މަހު ހޮސްޕިޓަލުގައި އެނދުމަތިވެފައި އޮންނަ ޖެހުމާއި 25 އޮޕަރޭޝަން ކުރަން ޖެހުން އަދި ހަށިގަނޑުގެ އެއްބައި ވާގި ނެތުމަކީ، ކުރެވުނު ކުޑަ ކުޑަ ކަމެއްގެ ސަބަބުން ހިނގި ބޮޑު ކަމެއްގެ ސަބަބުން މީހަކަށް ދިމާވި ކަމެކެވެ.

އިސްވެ ބުނެވުނު ހާލަކީ ނިޝާންތު ކޭދިޔާ ނަމަކަށް ކިޔާ އިންޑިޔާގެ ރައްޔިތަކަށް ދިމާވި ކަމެކެވެ. މިކަމުގެ އަސްލަކީ، ލެޕްޓޮޕު ޗާޖަށް ޖެހުމަށްފަހު ކައިރީގައި ބޭއްވުމެވެ. މިކަންތައްތައް ހިނގީ ޗާޖަށް ޖެހި ލެޕްޓޮޕު ގޮވައިގެންނެވެ.

ޞިއްޙީ އެތައް ފަރުވާއަކަށް ފަހު އުމުރުން 40 އަހަރުގެ ކޭދިޔާއަށް، އަލުން ރަނގަޚު ދިރިއުޅުމެއް އުޅެން ފެށިފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. ފަރުވާތައް ނިންމާލުމަށްފަހު އެނބުރި އަމިއްލަ އަވަށަށް، އޭނާއަށް ދެވުނީ އެދުވަހުއެވެ.

މިކަން ހިނގި ގޮތް، އޭނާގެ ފަރާތުން ނޫސްތަކަށް ކިޔައދީފައިވެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅުގެ ދުވަހެއްގެ ރޭ، ނިދަމުން އޭނާ ލެޕްޓޮޕު ޗާޖަށް ޖެހުމަށްފަހު ބޭއްވީ އެނދުމަތީގައެވެ. އަދި، ބްލެންކެޓް އެޅުމަށްފަހު އޭނާވެސް އޮތީ ނިދާށެވެ. އަދި، އެރޭގެ ދަންވަރުގެ ވަގުތުގައި ކޮޓަރިތެރެއިން ބާރު ގޮވުމެއް ގޮވީއެވެ. އެވަގުތު، އޭނާގެ އަންހެނުންވެސް ކޮޓަރި ތެރޭގައި ހުރިކަމަށްވެއެވެ. އެހެންނަމަވެސް، ލެޕްޓޮޕު އޮތީ، ކެދިޔާއާ ދިމާލުގައިކަމުން، ގެއްލުންވެފައިވަނީ އޭނާއަށެވެ.

ޑޮކްޓަރުން ބުނެފައިވާ ގޮތުގައި، މިކަމުން ރަނގަޅުވެ، އެއްކޮށް އަރައިގަތުމަށް އަދި ގިނަ ދުވަސްތަކެއް ނަގާނެއެވެ. އަދި، މިކަމަށް ފިޒިއޮތެރަޕީ އާއި އިތުރު އޮޕަރޭޝަންތައްވެސް ކުރަން ޖެހޭނެއެވެ.

ކޭދިޔާއަކީ ސިމެންތީގެ ވިޔަފާރި ކުރާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު