ބިސް ކެއުމަކީ ސިއްހަތަށް ވަރަށް ފާއިދާ ލިއްބައިދޭ ކަމެކެވެ. އޭގެ ތެރޭގައި ދިފާއީ ނިޒާމް ވަރުގަދަކޮށް ދިނުމާއި ބަރުދަން ލުއި ކުރުމަށް އެހީތެރިކަން ލިބުމާއި ވިސްނުން ތޫނުވުން ހިމެނެއެވެ. ބިހުގައި ވިޓަމިންސް، ޕްރޮޓީން އަދި ސިއްހަތަށް ފާއިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވެއެވެ.

ބިހުގެ ގޮބޮޅީގައި އެކުލެވިގެންވާ ސަރުބީގެ މާއްދާއަކީ ދިރާސާތަކުން ދައްކާ ގޮތުން އެހެނިހެން ކާނާތަކުގެ ހުންނަ ސަރުބީން ލިބޭ ގެއްލުންވާ ސަރުބީގެ މާއްދާ އެއް ނޫނެވެ. ގިނަ މީހުން ގަބޫލު ކުރާގޮތުގައި ބިސް ކެއުމުން ގެއްލުން ވާ ހަމައެކަނި ގޮތަކީ ބަޓަ ބޭނުން ކޮށްގެން ބިސްގަނޑު އަޅައިގެން ކެއުމާއި ސޮސެޖާއި މަޔޮނައިޒް ފަދަ ސިއްހަތަށް ގެއްލުން ހުރި ކާނާ އާއި އެއްކޮށްލައިގެން ކެއުމުންނެވެ. އެއީ ތެދު ވާހަކައެކެވެ.

މަޔޯ ކްލިނިކްގެ ސިއްހަތާ ބެހޭ މާހިރުން ބުނާ ގޮތުން ކިތަންމެ ގިނައިން ވެސް ބިސް ކެއި ނަމަވެސް އޭގެ ސަބަބުންް ގެއްލުން ވެސް ލިބުން ގާތް ކަމަށެވެ. ހަފްތާއެއްގެ ތެރޭގައި މީހަކަށް ކެވޭނީ ހަތް ބިސް ކަމާއި މި އަށްވުރެ ގިނައިން ކައިފިނަމަ ހިތުގެ ބަލި ޖެހުން ގާތް ކަމުގައި މެޔޯ ކުލިނިކްގެ އެމްޑީ ފުރެންސިސްކޯ ލޮޕޭޒް ޖެމިނޭޒް ލިޔެފައިވާ ލިއުމެއްގައިވެއެވެ. ޗައިނާ މެޑިކަލް ޔުނިވަސިޓީ އާއި ގަތަރު ޔުނިވަސިޓީ އަދި ސައުތު އޮސްޓްރޭލިއާގެ ޔުނިވަސިޓީގެ ދިރާސާތަކުން ދައްކާގޮތުން ހަކުރުބަލި ހުންނަ މީހުންނަށް ބިހުން ގެއްލުންވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ދަވަހަކު ގަވާއިދުން ބިސްކައިގެން ހަކުރުބަލި ޖެހުން ގާތީ ފިރިހެނުންނަށް ވުރެން އަންހެނުންނަށެވެ.

މަޔޯ ކޮލިނިކުން ބުނެފައިވަނީ މިކަަމުގައި އަދި އިތުރަށް ދިރާސާ ކުރަންޖެހޭނެ ކަމަށެވެ. އެތަނުން ބުނެފައިވަނީ ހިތުގެ ބައްޔާއި ހަކުރުބަލީ ހުންނަ މީހުން ހަފްތާއަކު ހަތް ބިހަށްވެރެ މަދުން ކެއުން އެންމެ ރަނގަޅު ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަހަރެން ކޮންމެދުވަކު ހެދުނު ސައި ބޮނީ އޮމްލެޓް ނޫނީ ފެނުކެއްކި2 ބިސް މިހާރު މިހިރީ ހިތާ ލިވާ ލަންގްސް ގެ ރިސްކެއްގައި ކޮންމެ މީހަކުވެސް މަރުގެ ރަހަ ދެކޭނެ

  2. މަރީ

    އެްފަހަރު ބުނާނެ ދުވާލަކު 2 ބިސް ކާށޭ އަނެއް ފަހަރު ބުނާނެ ނުކާށޭ ވާނުވާއެއް ނޭނގެ

    10
  3. Anonymous

    ދެން ކޯޗެއްތޯ ކާންވީ؟
    އެއް ފަހަރު ބުނި ރީނދޫ ކުލައިގެ ބައި ނުކާށޭ.
    ފަހުން ބުނީ އެންމެ ގިނަ ވިޓަމިންތައް ހުންނަނީ އެބައިގައި އޭ.