މާބަނޑު ދުވަސްވަރު އަންހެނުންގެ ބަނޑުގައި އޮންނަ ދަރިފުޅު ކޮވިޑް-19 އިން ރައްކާތެރިކުރެވޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން މިހާތަނަށް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ މަރުވެފައެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި އެކި ސަބަބުތަކާ ހުރެ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މި ބަލީގެ ސަބަބުން އޮންނަ ހިރާސް ބޮޑެވެ.

ސައިންސްވެރިންގެ އާ ދިރާސާއަކުން ވަނީ، މާބަނޑު އަންހެނުންނަށް އުފާވެރި ހަބަރެއް ލިބިގެން ގޮސްފައެވެ.

ފިލަޑަލްފިއާ ބޭސްޑް ރިސާޗުތަކުން ދައްކާ ގޮތުގައި މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅަށް މަސް މެދުވެރިކޮށް މައިމީހާ ބޭނުންކުރާ އެންޓިބޮޑީ ލިބިގެން ދެއެވެ. މިއާއެކު އަލަށް އުފަންވާ ކުޑަ ދަރިފުޅަށް މި ބަލި ޖެހުމުގެ ފުތުސަތު ވަރަށް ބޮޑަށް ދަށްވެގެން ދެއެވެ.

މަސް ނުވަތަ ވާ މަހަކީ މައިމީހާގެ ބަނޑުގައި އޮންނަ ކުޑަ ދަރިފުޅު ހެދި ބޮޑުވުމަށް ބޭނުންވާ މުހިންމު މާއްދާތައް ލިބިދޭ އެއްޗެކެވެ.

އެހެން ކަމުން މާބަނޑު ދުވަސްވަރު ކޮވިޑް-19 އަށް ފައްސިވެ އެންޓި ބޮޑީ ބޭނުންކުރާ މައިންގެ ބަނޑުގައި އޮންނަ ކުޑަ ދަރިފުޅަށް މި ބަލިން ރައްކާތެރިކޮށްދޭ ކަން ސައިންސްވެރިންނާ ހަވާލާދީ ''ޑެއިލީމެއިލް'' ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވެ ގައުމުތަކަށް ނުރައްކާ ބޮޑުވަމުން އަންނައިރު، ސައިންސްވެރިން ގަބޫލުކުރާ ގޮތުން ބަލީގެ ހާލަތަށް އެއްވެސް ބަދަލެއް އަންނާނީ ވެކްސިނެއް ނުވަތަ ފަރުވާއެއް ބޭނުންކުރެވެން ފެށުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު