ބޭނުންވާ ތަކެތި:

1 ބޯތަށީގެ ކިރު

1 މޭޒުމަތީ ސަމުސާ ކަސްޓަޑް ޕައުޑަރ

2 ސައި ސަމުސާ ބްރައިން ސުގަރ

ބޭނުންވާ މިންވަރަށް ފެންފޮދެއް

1 ނޫނީ 2 އާފަލު (ކޮށާފައި)

1 ދޮންކެޔޮވަށް (ކޮށާފައި)

10-12 މޭބިސްކަދުރު (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔެއްގެ ތެރޭގައި ކިރުފޮދު ހޫނުކުރާށެވެ. އެއަށްފަހު، ތައްޓެއްގެ ތެރެއަށް ކަސްޓަޑު ޕައުޑަރ ކޮޅާއި ބްރައުން ސުގަރކޮޅު އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން، އެތަށި ތެރެއަށް ފެން އަޅާ ގިރުވާލާށެވެ. އެއަށްފަހު، ކިރު ތެލި ތެރެއަށް، ކަސްޓަޑު މިކްސްޗަރ އަޅާލާށެވެ. އަދި، އޮލަވަންދެން ރަނގަލަށް ކައްކާށެވެ. އޭގެފަހުން، ކަސްޓަޑުކޮޅު އެހެން ތައްޓަކަށް އެޅުމަށްފަހު، އޭގެމަތީގައި މޭވާގެ ބާވަތްތައް އަތުރާށެވެ.

މަތީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މޭވާ ނޫން އެހެން ބާވަތްތައްވެސް ބޭނުންކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު