މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގައި ވެސްް ތަފާތު ކަންކަން ކުރާ، އެފަދަ ކަންކަމަށް ލޯބި ޖެހިފައިވާ އެތައް ބަޔަކު އެބަ ތިއްބެވެ. އޭގެ ތެރޭގައި އެމީހުންގެ ގައިގައި ހުންނަ ހުނަރެއްގެ ސަބަބުން ތަފާތުވާ މީހުންނާއި، މިޒާޖުގެ ގޮތުން ކުރާ އެކި ކަންކަމުގެ ސަބަބުން ތަފާތުވާ މީހުން ތިިބެއެވެ.

މިިއީ ރާއްޖޭގެ ރަށެއްގައިި ދިރިއުޅެމުން އަންނަ މިފަދަ ތަފާތު އަންހެނެއްގެ ވާހަކައެވެ. އޭނާގެ އެދުމުގެ މަތިިން އޭނާގެެ ނަމާއި ރަށް އަދި ނިސްބަތްވާ އަތޮޅުވެސް ވާނީ ސިިއްރުކުރެވިފައެވެ.

ދެެކުނުގެ އަތޮޅަކަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މި އަންްހެން މީހާގެ ކިބައިން އޭނާ އާއިި ބައްދަލުވާ ކޮންމެ މީހަކަށްވެސް އެެންމެ ފުރަތަމަ ފާހަގަކުރެވޭނެ ކަމަކީ އޭނާ ލައިގެން ހުންނަ ހެދުން ހުންނަނީ ނުބައިފުށަށް ކަމެވެ. އެކަމާ ވަރަށް ގިނަ ބަޔަކު އޭނާ އަށް ފާޑުކިޔާ މަލާމާތްކޮށްވެސް ހަދައެވެެ.

އެ ޒުވާނާ "ވަގުތު" އަށް ބުނީ ވޭތުވެދިޔަ 15 ވަރަކަށް އަހަރު އަހަރު ތެެރޭގައިވެސް އޭނާ ރަނގަޅު ފުށަށް ނުލާ ކަމަށެވެ. މީހުން މަލާމަތް ކުރި ނަމަވެސް ހެދުން އަޅަމުން އަންނަ ގޮތަށް ބަދަލު ނުގެންނަ ކަމަށް އެ ޒުވާނާ ކިޔައި ދިނެވެ.

އޭނާ މިގޮތަށް ހެދުން އަޅަމުން އަންނަނީ ރީއްޗަކަށް ނޫނެވެ.

އޭނާ ބުނީ ކޮންމެ ހެދުމެއްގައިި ވެސް ހުންނަ ފަތި ޖެހުމުން ކުޑަކުދިންނަށް އުނދަގޫވާ އުސޫލުން އޭނާއަށްވެސް ވަރަށް އުނދަގޫވާކަމަށާއި، މިިހާރު އަބަދަށް ހެދުން އަޅައި އާދަވެފައިި ހުރުމުގެެ ސަބަބުން މީހުން ކިޔާ އެއްޗަކަށްވެސް ނުވިސްނާ ކަމަށެވެ.

"އަހަރެން ބޭނުން ގޮތަކަށް ހެދުން އަޅާނީ. އައުރަ ނިވާކުރާހާ ހިނދަކު އެއީ މީީހަކަށް އެއްޗެއް ބުނެވެން ޖެހޭނެ ކަމެެއްވެސް ނޫނެއްނު." އޭނާ ބުންޏެވެެ.

އޭނާ ބުނި ގޮތުގައި ބައެއް ފަހަރު ވެޑިން ޕާޓީތަކަށާއިި، އެހެނިހެން މުނާސަބަތުތަކާއި ގުޅުވައިގެން ހެދުން އަޅާ އިރު، ހެެދުން ރަނގަޅު ފުށަށްލުމަށް ފިރިމީހާވެސް ވަރަށް އާދޭސް ކުރެއެވެ. ނަމަވެސް ވާ އުނދަގުލުގެ ބޮޑުކަމުން އެކަން ކުރަންް ބޭނުން ނުވާ ކަމަށާއިި، އޭނާއަށް އޭނާގެ އަމިިއްލަ ނަފްސާއިި މެދު ގޯސްކޮށް ނުދެެކޭ މިންވަރަށް އެހެެން މީހުން ދެކުން ރަނގަޅު ނޫން ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  އޭނަގެ ހެދުމެއްގެ ފޮޓޯ އެއް ޖަހާލިނަމަ.....

  38
  6
  • ސަންޑާނު

   ކީއްކުރާކަށް.

   10
   2
  • ބުނަން ބޭނުން ނުވޭ

   ޢަމިއްލައަށް ނުބައިފުށުން ހެދުންލައިފަ ބަލާބަލަ. އޭރުން ފެންނާނެ ނުބައިފުށުން ހެދުންލީމަ ހުންނަގޮތް..

   23
   1
 2. އަރުބާނު

  އޭނަ ނުދެއްކި ނަމަ ވެސް ދެން އޯކޭ އެކަމް ހެދުން ގަނޑު ދައްކާލި ނަމަ ތި ހަބަރު ގަބޫލު ކުރެވުނީސް ކޮންމެސް ވަރަކަށް

  20
  1
 3. ޟލެ

  ތިއީ ހިތްވަރުގަދަ މަންޖެއެއް.
  އެމީހެއްގެވޭނާއި ކެކުޅުން ދެވަނަ މީހަކަށް އިހްސާސް ނުކުރެވޭނެ.
  ކަނބުލޮޔަށް ފަސޭހަގޮތެއްބަލަން ޖެހޭނީ. މީހުން ކިޔާ އެއްޗަކަށް ނުބަލާތި. ނަމަވެސް އައުރަނިވާކުރާވާހަކަ ބުނީމާ އުފާވޭ.
  އޮރިޔާން ހާލުގައި އުޅޭ އަންހެނުންގެ ވާހަކަ ދައްކާނެ މީހަކުވެސް ނެތް. ނަމަވެސް މިމަންޖެގެވާހަކަ މީހުން ދައްކަން ޖެހޭސަބަބެއް ނޭނގޭ !!

  33
  3
 4. ސާރާ

  މިއީ ދިވެހި ޑިޒައިނަރުންނަށް ލިބޭފުރުސަތެއް.
  އޭނާ ހެދުން އެޅުމުންވާ އުނދަގުލަށް ހައްލެއް ހޯދައިދީ މެޑަލް ޖަހަންވީ ވަގުތު.
  ތިމާމެންގެ ހުރި ކުޅާދާނަކަމާއި ކްރިއޭޓިވިޓީ ދައްކަންވީ ވަގުތު.

  22
  2
 5. މަރީ

  ކޮންމެ މީހަކަށްވެސް ފުރަތަމަ އުނދަގޫވާނެ. ކަންކަމަށް އެޖަސްޓް ވާން މަސައްކަތް ކޮށްގެން އެޖަސްޓް ވެލަން ޖެހޭނީ. ނޫނީ ފަތިން އުނދަގޫ ނުވާ ގޮތަށްވެސް މީހުން ހެދުން ފަހައިދޭ މިހާރު

  18
 6. އަސްޤަރު ސިއްދީޤް

  އެއީ ގއ.ވިލިގިލި މީހެއް!

  8
  3
 7. އިސްލާމް

  ގައިގަ ނުޖެހޭ ވަރަށް ދޫކޮށް ހެދުން ފަހައިގެން ލީމަ ތިމައްސަލައެއް ނުޖެހޭނެ. އިސްލާމް ދީނުގައި އަންހެނުން ހެދުން އެޅުމުގެ މިންތައް ކަނޑައެޅުއްވުމުގައި ގިނަގުނަ ހިކުމަތްތަކެއް ލައްވާފައިވޭ.

  23
  4
 8. ޞާރި

  މިހާރު އުޅޭ ކުދިން ފަތި ޖެހޭތީ ހެދުންތަ ހުންނަނީ ކުރުކޮށް ... ދޫކޮށް ހުރީމަ ފަތި ކޭއްތޭތީވެ ބާރުކޮށްފަ....ދޯ

 9. ނަގުލު ފިއްތި

  ކޮންމެ ފުށަކުން ލިޔަސް ފަތި ގައިގަ ނުޖެހޭގޮތަށް ފަހާމީހުން ކާއިރީބުނީމަ ފަހާދޭނެ. މިސާލަކަށް ކޯޓް ފަތި ޖަހާފަ

 10. އައިޑިއާއެއް

  ބޭބީސް ގެ ހެދުން ހުންނަގޮތަށް ބަތާނަ ލާފަ ފަހާބަ