ލޯބީގެ ވާހަކަތަކަކީ ނިމުމެއް ނުވާ ވަރަށް ދެއްކިދާނެ ވާހަކައެކެވެ. ފުރާވަރުގެ ކުދިން ލޯބިވާ ގޮތާއި އެމީހުން ލޯބިވެރިޔާގެ ފަރާތުން ބޭނުންވާ ސަމާލުކަމަކީ ތަފާތު އެއްޗަކަށް ވެދާނެއެވެ. ދޮށީ އުމުރުގެ ފަރާތްތަކަށް މި އިހުސާސްތައް ތަފާތުވެދާނެއެވެ. އެއީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. ކަންބޮޑުވާންވީ ލޯބިވެރިޔާގެ ފަރާތުން ލިބެން ޖެހޭ މިންވަރަށް ސަމާލުކަން އެމީހަކަށް ނުލިބޭތީއެވެ.

ޒަމާނުއްސުރެ އަޑު އިވޭ އެއް ވާހަކައަކީ ރޯމިއޯ އެންޑް ޖޫލިއެޓްގެ ލޯބީގެ ވާހަކައެވެ. ލޯބީގެ ލާމަސީލު ނަމޫނާ އެއް ކިޔައިދޭ ނަމަ ދުލުގެ ކޮޅަށް ފުރަތަމަ ވެސް އަންނާނެ އެއް ވާހަކަ އަކީ އެ ވާހަކައެވެ. ޝައްކެއް ވަސް ވާހެއް ނެތް ވަރަށް އެނގޭ ހަގީގަތަކީ ހުރިހާ ލޯތްބެއް ރޯމިއޯ އަދި ޖޫލިއެޓް ލޯބިވި ގޮތަށް ނުވެދާނެ ކަމެވެ.

ލޯބިވެރިޔާގެ ފަރާތުން ބޭނުންވާ ސަމާލުކަން ނުލިބޭ ނަމަ ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ވަރަށް ދުރުވާނެއެވެ. ސަމާލުކަން ނުލިބެނީ ކީއްވެތޯ އަހަންޖެހޭ ވަގުތު އެމީހަކު ޖެހޭނީ ދެނެގަންނާށެވެ. އަދި އެކަމަށް ދެމީހުން ވަގުތު ހުސްކޮށް ވާހަކަ ދައްކައި ހައްލު ކުރެވޭތޯ މަސައްކަތް ވެސް ކުރަން ޖެހޭނެއެވެ.

އިނގިރޭސި ބަހުން ބުނާނަމަ 'ޓޮކްސިކް ރިލޭޝަންޝިޕް' އެއް ބޭނުންވާނެ އެއްވެސް ބަޔަކު ނުތިބޭނެއެވެ. އަދި ހަގީގީ ލޯބިވާ ނަމަ އެފަދަ ދެރައެއް ލޯބިވެރިޔާއަށް ނުވެސް ދޭނެއެވެ. އަދި އެފަދަ ކަމަކަށް މަގުފަހިވެދާނެ ކަމަށް އިހުސާސް ކުރެވޭ ނަމަ އެކަމަކުން ވެސް ދުރުވާނެއެވެ. އެއީ ހަގީގީ ލޯބިވެރިންގެ ސިފައެވެ.

ދެ މީހަކު ލޯބީގެ ގުޅުމެއް ފައްޓަނީ އުމުރަށް އެކީގައި ތިބުމަށެވެ. ކައިވެނިކޮށް މަރުވަންދެން އެކީގައި ތިބުމަށެވެ. ހަޔާތުގައި ދިމާވާ ހުރިހާ ކަމަކަށް އެކީގައި ކުރިމަތިލައި އެކަމަކުން އަރައިގަނެ އުފާވެރި ބާއްޖަވެރި މުސްތަގުބަލެއް ހޯދުމަށް މަސައްކަތް ކުރުން އެއީ އަޒުމަކަށް ހަދަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޟުސުމް

    ހެޑިންއަކާޢި ލިއުމާއި އެއްވެސް ގުޅުމެއްނެތް !!!

  2. ޖައިޝަމް

    ލޯބިވެރިޔާގެ ސަމާލުކަން ލިބެންޖެހޭ ވަރަށް ނުލިބޭކަމުގެ އިހުސާސް ކުރެވޭތަ؟ އާއެކެވެ. ސަބަބަކީ އާއިލާއި މައިދަތައިގެ ދުއްތުރާ ބޮޑުކަމުން

    • ބިން

      އަސްލު މައްސަލަ އަކީ ގެދޮ ރުގެ ދަތިކަމަށްވެސް ވެދާނެ.. ތިކަހަލަ ހާލަތުގަ