އޮސްޓްރޭލިއާ ގެއެއްގެ އަލަމާރިއެއްގެ ތެރެއިން ވިހަގަދަ 10 މަކުނު ފެނިއްޖެއެވެ.

ސިޑްނީގެ އުތުރު ފަރާތު އަތިރިމައްޗާ ކައިިރީީގައި ހުންނަ ގެެއަކުން ވިހަގަދަ މަކުނުތަކެއް ފެނުނު ވާހަކަ މީސްމީޑިއާގައި މިހާރު އަންނަނީ މަޝްހޫރުވަމުންނެވެ. އެ މަކުނުތައް ފެެނިފައި ވަނީ އެ ގޭގައި ދިރިއުޅެމުން އަންނަ އަންހެނަކަށެވެ. އޭނާ ވަނީ އެ މަކުނުތައް ފެނުމުން ސިހުން ލިބިި ބިރުގަތް ކަމަށް ބުނެފައެވެ.

އެ ގެެއިން ފެނިފައި ވަނީ ބޮޑު 10 މަކުނެވެ. އަދި އެ މަކުނުތައް ފެނިފައި ވަނީ އޭނާގެ ނިދާ ކޮޓަރީީގެެ ތެރެއިން ކަމަށް އެ އަންހެން މީހާ ވަނީ ބުުނެފައެވެ.

"އަހަރެންގެ ހެދުން އަލަމާރީގެެ ތެެރެއިން ފެނުނީ ބިޔަ 10 މަކުނު." އެ މަކުނުތަކުގެ ފޮޓޯ އާންމުކޮށް އެ އަންހެން މީހާ ބުންޏެވެ.

އެެ އަންހެން މީހާ ބުނެފައިވާ ގޮތުުގައި އެ މަކުނުތައް އޭނާގެެ ގޭގައި އުުޅެފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް އަދި އެއީ ކޮން ތަނަކުން އައި އެއްޗެއް ކަމެއް އެނގިފައެއް ނުވެއެވެ.

އެ އަންހެން މީހާ ފޭސްބުކުގައި ޖެހި ޕޯސްޓަށް ގިނަ ބައެއްގެެ ސަމާލުކަން ހުއްޓިފައިވާއިރު، ގިނަ ބަޔަކު ވަނީ ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް އޭނާ އަށް ނަސޭހަތްތެެރިވެފައެވެ.

އަދި ބޮޑު ދޮރާއި ކުޑަ ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށް އޭނާ އަށް ބައެއް މީހުުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެހެން ގައުމަކަށް ބަދަލުވުުމަށްވެސް ބައެއް މީހުން އެދިިފައި ވެއެވެ. އޮސްޓްރޭލިއާ އަކީ މިފަދަ ތަކެެތި ގިނައިން ފެނި އެތަކެތީގެ ސަބަބުން ބައެއް ހާދިސާތައްވެސް ހިނގަމުން އަންނަ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު