އެތައް ގައުމެއްގައި ޕްލެޔާސް އަންނޯން ބެޓްލް ގްރައުންޑް ނުވަތަ ޕަބްޖީ މަނާކުރުމާއި އެކު ވެސް ޕަބުޖީއަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު ފައިދާއެއް ލިބިފައިވާ އޮންލައިން ގޭމެވެ.

ޕަބްޖީ އުފެއްދި ކުންފުނި ކްރާފްޓަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ދެކުނު ކޮރެޔާގެ ރައްޔިތެއް ކަމުގައިވާ ކިމް ޗެންގް ހަން ބުނެފައިވަނީ އެ ކުންފުނީގެ ފައިދާ ބިލިއަނުން ޖެހޭ ކަމަށެވެ.

ޕަބްޖީގެ ކޯޑިން ހަދާފައިވާ ކިމްގެ 1.5 އިންސައްތަ ހިއްސާ ކްރާފްޓަންގެ ކުންފުނީގައި އޮވެއެވެ. 1980ގެ އަހަރުތަކުގައި ކިމް ކުޑައިރު އޭނާވަނީ ކޯޑިން މުބާރާތްތަކުގައި ބައިވެރިވެ ގައުމީ އިނާމުތައް ވެސް ހޯދައިފައެވެ.

އެތައް ގޭމެއް އުފެއްދެމުގެ މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ ކިމް 2014 ވަނަ އަހަރު އޭނާގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ކަނޑާލަން ވެސް ޖެހުނެވެެ. އެހެންކަމުން 2015 ވަނަ އަހަރު އޭނާގެ ކުންފުނި ބުލޫހޯލް އިންކްއަށް ވިއްކާލިއެވެ. އަދި މި ކުންފުނީގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ މަގާމުގައި މަސައްކަތް ކުރިއެވެ.

އެތައް ނާކާމިޔާބީ އަކަށްފަހު ކިމްއަށް ކާމިޔާބީ ލިބެން ފެށީ ޕަބުޖީ އުފެއްދުމާއި ގުޅިގެންނެވެ. ކިމް ބުނެފައިވާ ގޮތުގައި އޭނާގެ ހުރިހާ ހިއްސެއް ވެސް މި ގޭމު އުފެއްދުމަށް ބުނެފައިވެއެވެ. އަދި މި ގޭމަކީ މިހާރު ދުނިޔޭގެ އެންމެ ކާމިޔާބު އެއް ގޭމުކަން މުޅި ދުނިޔެ ވެސް ގަބޫލު ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ކްރާފްޓަންގެ އޮންލައިން ހަތަރު ގޭމުގެ ތެރެއިން ވެސް އެންމެ ބޮޑު ފައިދާއެއް އެ ކުންފުންޏަށް ލިބެނީ ޕަބުޖީއިން ކަމުގައި ވެސް ކިމް ބުނެފައިވެއެވެ.

މި ކުންފުނީގެ ފަރާތުން ވެބް ކާޓޫނާއި، އެނިމޭ ޝޯތަކާއި ފިލުމުތަކާއި ޑްރާމާތައް އުފެއްދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ކިމް ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔދ

    މިހިރީ ކަންކަން ދިމަވަގޮތް. ޕބުޖީ އާހެދި އެތައް ބަޔަކު ވަރިވެ، ދުނިޔެއިން މޮޔަވެ، އެތަކެއް ބޭކަތުވަގުތެއް ހޭދަކޮށްފި، އެ އުފެއްދި މީހާ އެހުރީ ވަރަށް އުފަލުން ބިޔަނަރަކަށް ވެގެން. މީ ދުނިޔެ.

    4
    10
    • ވަޅި

      ތިވީ ގޮތުން ވަޅި އުފެއްދި މީހާވެސް ވަޅި ބޭނުންކޮށްގެން މެރުނު އެންމެންގެ މަރުގެ ޒިންމާ ނަގަން ޖެހޭ. ޕަބްޖީއެއް ނުން ގޯސްކުރަންވީ. ކޯޑު ކުރިމީހާވެސް ނުން ގޯސް ކުރަންވީ. ގޯސްކުރަންވީ ކުޅޭ މީހާ. ނޫނީ ހަމައެއްނެތި އެ ބޭނުން ކުރާ މީހުން.

      15
  2. R

    Enmen pubg kulhey

  3. މޯދީ

    އެއީ ކީންކުރާއެއްޗެއްތަ ގޭމެއްތަ ކިހިނެއް އެ ގޭމް ކުޅެއް ހަދަސްޖެހެނީ ފޯނުން ކުޅެވޭ ގޭމެއްތަ އެއީ މަގޭ ފޯނުންވެސް ކުޅެވޭނެތަ