ޓީވީ ޕްރޮޑިއުސަރ އަދި މަޝްހޫރު ރިއަލިޓީ ޝޯވ ބިގް ބޮސް 14ގެ ބައިވެރިޔާ ވިކާސް ގުޕްތާ އާ ގުޅޭގޮތުން އަނެއްކާވެސް ވާހަކަތަކެއް މި ވަނީ ފެތުރިފައެވެ. އެގޮތުން ރިލިޓީ ޝޯވ ރޯޑީސް އިން ފެނިގެން ދިޔަ ވިކާސް ހޮކެރް މިިވަނީ ދާދި ފަހުން ވިކާސް ގުޕްތާ އޭނާ ކައިރިން ޖިންސީ އެދުންތައް ފުުއްދަން އެދުނު ކަމަށް ބުނެފައެވެ.

އަދި އޭނާގެ ބަރަހަނާ ފޮޓޯތައް ދެއްކުމަށް އެދިފައިވާ ކަމަށް ވިކާސް ހޮކެރް ބުނެފައި ވެއެވެ.

ވިކާސް ހޮކެރް ބުނެފައިވާގޮތުގައި، ރޯޑީސް 9 ގެ ޓައިޓަލް އޭނާއަށް ލިބުނު ފަހުން، އޭނާއާއެކު ޖިންސީ ގުޅުން ހިންގުމަށް ވިކާސް ގުޕްތާ އެދުނު ކަމަށެވެ.

"އަހަރެންނަށް ރޯޑީސް ޝޯވ 2012 ވަނަ އަހަރު ޙާސިލް ކުރި ފަހުން، އެތައް ބަޔަކު ވަނީ އެ މީހުންނާއެކު ޖިންސީ އެދުން ފުއްދަން އެދިފައި، އޭގެ ތެރޭގައި ވިކާސް ގުޕްތާވެސް ހިމެނޭ، ވިކާސްވެސް އެދުނީ އޭނާގެ ޖިންސީ ބޭނުންތައް ފުއްދުމަށް"،

ވިކާސް ހޮކެރް ބުނީ، ވިކާސް ގުޕްތާ އޭނާ ކައިރިން، ގެއަށް އައުމަށްވެސް ދައުވަތު ދިން ކަމަށާއި، އަދި މަސާޖެއްވެސް ދޭން އެދުނު ކަމަށް ބުންޏެވެ.

އެ ވާހަކަތައް ވިކާސް ގުޕްތާ ދޮގު ކުރެއެވެ.

"އޭނާ ބުނި އަހަރެންގެ ހަށިގަނޑާއި، ޖިންސީ ގުނަވަންތައް ދެއްކުމަށް އެއިރުން، އެ ދައްކައިފިކަމުގައިވާނަމަ އަހަރެން ތަރިއަކަށް ވާނެ ކަމަށް ބުނި".ވިކާސް ހޮކެރް ބުނެފައި ވެއެވެ.

އުމުރުން 32 އަހަރުގެ ވިކާސް ގުޕްތާ އާ ގުޅޭގޮތުން މިފަދަ ތުހުމަތެއް ކޮށްފައިވާއިރު، މިފަހުގެ ތުހުމަތުތަކަށް އޭނާ ޖަވާބު ދީފައެއް ނުވެއެވެ. އަދި އެއްވެސް އެއްޗެސް ހާަމަކޮށްފައެއް ނުވެއެވެ.

އެންބީޓީވީއަށް ވިކާސް ހޮކެރް އިން އިންޓަވިއުއެއްގައި އޭނާ މިގޮތަށް ވާހަކަދައްކާފައިވާއިރު، އޭނާ ބުނީ، ވިކާސް ގުޕްތާ ޝޯވގެ ތެރެއިން އުޅެނީ މީހުންގެ ސިމްޕަތީ ހޯދަން ކަމަށެވެ. އަދި އޭނާ ކުރިކަންތައްތަކުގެ ޝަޒާ އޭނާއަށް ލިބެން ޖެހޭ ކަމަށް ވިކާސް ހޮކެރް ބުނެފައި ވެއެވެ.