މި އެޕާޓްމެންޓަށް 70 އަހަރުވެދާނެއެވެ. މިއެޕާޓްމެންޓް ހުންނަ ގެއަށް އެއްވެސް މީހަކު ނުވަންނަތާ ވެސް 70 އަހަރެވެ. ފާއިތުވެގެން ގޮސްފައިވާ ޒަމާންތަކުގައިވެސް މިގޮތަށް ހުންނަ ގެތަށް ހޯދިފައިވެއެވެ. އެ ގެތައް ހުންނަނީ ހިރަފުހާ މަކުޑުވާތަކުން ފުރިފައެވެ.

މިގެއަކީ މެޑަމް ދި ފުލޮރިން ކިޔާ އަންހެނެއްގެ ގެއެކެވެ. މި އެޕާޓްމެންޓު ހޯދިފައިވަނީ 2010ވަނަ އަހަރު މިއަންހެންމީހާ މަރުވިފަހުންނެވެ. މަރުވި އިރު އޭނާގެ އުމުރުން 91 އަހަރެވެ.

މިއަންހެންމީހާ ޕެރިސް ދޫކޮށް ފުރާންސްގެ އެންމެ ދެކުނުގެ ސިޓީއަކަށް ބަދަލުވެފައިވަނީ ދެވަނަ ބޮޑު ހަނގުރާމަ ފެށުމާއެކީގައެވެ.

އޭނާގެ އެއްވެސް ގެއެއް ޕެރިސްގައި ހުންނަ ކަމެއް އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ. ފްރާންސްގެ ދެކުނަށް ދިއުމަށްފަހު އެނބުރި ޕެރިސްއަށް އައިސްފައެއް ނުވެއެވެ. 70 އަހަރު ފަހުން ވެސް މި އެޕާޓްމެންޓު ހުރީ އޭނާ އެތަން ދޫކޮށްފައި ދިޔަގޮތަށެވެ.

70 އަހަރު ފާއިތުވެގެން ދިޔައިރު ވެސް މިތަނަކަށް އެއްވެސް މީހަކު ވަދެފައެއްވެސް ނުވެއެވެ.މުޅި އިމާރާާތް ހިރަފުން ފުރިފައިވީކަމުގައި ވިޔަސް އެއްވެސް މީހަކު އެތާނގަ ހުރި އެއްވެސް އެއްޗެއްގައި އެއްވެސް މީހަކު އަތް ލާފައެއް ނުވެއެވެ.

މެޑަމް ދި ފުލޮރިންގެ މި އެޕާޓްމެންޓް ހުންނަނީ ޕެރިސްގެ ސަރުކާރުގެ ބޮޑެތި އިމާރާތްތަކާއި ވަރަށް ކައިރީގައި ހުންނާ ކްރިސްޓިއަން ފައްޅިއެއްގެ ކައިރީގައެވެ..

ކަމާބެހޭ ފަރާތްތަކުން މިއިމާރާތް ފެނުމަށްފަހު އެ އިމާރާތުގެ އެތެރެއަށް ވަދެފައިވަނީ އެތާނގެ އެތެރޭގައިވަނީ ކޮން އެއްޗެއްތޯ ބަލައިހޯދުމަށެވެ.

އެގޮތުން އެތާނގަ ހުރި އެއްޗިސް ތަކުގެ ތެރެއިން 19 ވަނަ ގަރުނުގެ އިޓަލީގެ ކުރެހުން ތެރިއެއް ކަމަށްވާ ގިއޮވަންނި ބޯލްޑިނީ ނަމަކަށް ކިޔާ މީހެއްގެ ކުރެހުމެއް ފެނިފައި ވެއެވެ.

އާސާރިތަންތަން ދިރާސާ ކުރާ މީހަކު ބުނެފައިވަނީ އެތަން ސިފަވެގެން ދިޔައީ 'ސްލީޕިން ބިއުޓީ' ގެ އިމާރާތް ހެން ކަަމށެވެ. އަދި މީގެ އިތުރުން އޮލިވިއާ ޗޮޕިން ޖަންވުރީ ނަމަކަށް ކިޔާ އާސާރިތަންތަން ދިރާސާ ކުރާ މީހަކު ބުނެފައިވަނީ އެތަނުގެ އެތެރޭގައި ދުވަސް ވެފައި ހުރި އިމާރާތެއް ވަސް ވަރަށް ބޮަޑަށް ދުވާކަމަށެވެ.

މި އިމާރާތް ތެރެއިން ފެނިފައިވާ 19 ވަނަ ގަރުނުގެ މިކުރެހުމުގެ އަގު ގާތްގަނޑަކަށް 2.1 މިލިއަން ޔޫރޯ އަށް އަރާނޭ އަންދާޒާ ކުރެވޭ ކަމަށް މިތަން ދިރާސާ ކުރާމީހުން ބުންޏެވެ.

އަދި އެ ކުރެހުމުގައި ވަނީ މެޑަމް ދި ފުލޮރިން ގެ މާމަ މާތޭ ދި ފޮލޮރިއަން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ކުރެހުމެއް ވިއްކާލަން ޖައްސާލި މޮޅު ގޭމެއް.

    4
    2