ތައްޔާރުކުރަން ބޭނުންވާނެ ތަކެތި :

1 ފިޔާ ކޮށާފައި

3 ލޮނުމެދު ކޮށާފައި

1 ދަޅު މަސް

1/2 ޖޯޑު ލީކްސް ކޮށާފައި

1/2 ޖޯޑު ކެޕްސިކަމް ކޮށާފައި

8 އަލުވި ( ފެނުކައްކާ، ކިއުބްކޮށް ކޮށާފައި)

ރަހަލާ ވަރަށް ލޮނު

1 ގިތެޔޮ މިރުސް ( ކޮށާފައި)

2 މޭޒުމަތީ ސަމްސާ ޓޯމާޓޯ ޕޭސްޓް

2 މޭޒުމަތީ ސަމްސާ ޗިލީ އެންޑް ގާލިކް ސޯސް

1 މޭޒުމަތީ ސަމްސާ ޗިލީ ސޯސް

ތައްޔާރުކުރާނެ ގޮތް

ތެއްޔެއްގައި ތެޔޮފޮދު ހޫނުކޮށްފައި ފިޔާ ކޮޅާއި ލޮނުމެދު ކޮޅު މިލުވާލާށެވެ. ދެން ކެޕްސިކަމްއާއި ލީކްސް ކޮޅުވެސް މިލުވާލުމަށްފަހު މަސްދަޅު އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް މިރުސްކޮޅު އަޅާލުމަށްފަހު، ލޮނުވެސް ލުމަށް ފަހު ޓޮމާޓޯ ޕޭސްޓް އަދި ސޯސް ކޮޅު އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން ކެކެން ފެށުމުން އަލުވިކޮޅު އަޅާ އެއްކޮށްލާނީއެވެ.

ކިޔުންތެރިންގެ ހިޔާލު