ބޭނުންވާ ތަކެތި:

1 ޕެކެޓް ޗޮކްލެޓް ކޭކް މިކްސް
1/2 ޖޯޑު މާޖިރިންގް ދިޔާކޮށްފައި
2/3 ޖޯޑު ކިރު
3/4 ޖޯޑު ޕީނަޓް ބަޓަރ
މާޝްމެލޯ ކްރީމް
ޗޮކްލެޓް ޗިޕްސް 1/2 ޖޯޑު
1/2 ޖޯޑު ޕީނަޓް

ތައްޔާރު ކުރާނެގޮތް:

ޗޮކްލެޓް ކޭކް މިކްސް ތެރެއަށް މާރްޖިރިންގް އަދި އެއްބައި ކިރު އަޅާ އެއްކޮށްލާށެވެ. ދެން ޓްރޭއެއްގެ ތިރީގައި އެއްކުރިބައި ފަތުރާލާށެވެ. ކުޑަ އެތިކޮޅެއް ފަހަށް ބޭނުންކުރަން ބަހައްޓާށެވެ. ދެން ޓްރޭ އަވަނަށްލައި 180 ޑިގްރީގައި 10 މިނެޓަށް ފިހެލާށެވެ.

އެއަށްފަހު ޕީނަޓް ބަޓަރ އާއި ބާކީހުރި ކިރުކޮޅު އަޅާ އެއްކޮށްލާށެވެ. އަދި ކޭކްގެ މަތީގައި ހާކާށެވެ. ދެން ސަމުސަލަކުން މާޝްމެލޯ ކްރީން ނަގާ ފަހަރަކު ސަމުސަލެއް ފީނަޓް ބަޓަރ މަތީގައި އަތުރާލާށެވެ. އަދި ކޭކް މިކްސްގެ ބާކީ ހުރި ބައި ވެސް އެފަދައިން އަޅާށެވެ. އެއަށްފަހު ޗޮކްލެޓް ޗިޕްސް އާއި ޕީނަޓް މައްޗަށް އަޅާލާށެވެ.

އިތުރު 20 މިނެޓަށް ފިހެލުމަށްފަހު ފޮތި ފޮތި ކޮށްގެން ސާވްކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު