ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ އާއި ވިރާތް ކޯލީއަށް އަލަތު ދަރިފުޅު ލިބުނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. އެދެމަފިރިންނަށް ދަރިއަކު ލިބުމާއެކު އެތައް ބަޔަކު އެ ދަރިފުޅުގެ ފޮޓޯއެއް ބަލަން ބޭނުން ވާ ވާހަކަ ބުނެފައި ވެއެވެ. މިދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ.

އެންމެ ފަހުން މިއަދު އަނުޝްކާ މި ވަނީ ދަރިފުޅުގެ ފޮޓޯއެއް އާއްމުކޮށްފައެވެ. އެ ދަރިފުޅަށް ކިޔަނީ ވަމިކާ އެވެ. މި ނަަމަކީ އަނުޝްކާ އާއި ވިރާތްގެ ނަމާއި ގުޅުވާފައި ދިން ނަމެއް ކަމަށް ބެލެވެއެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

އަނުޝްކާ އިންސްޓަގްރާމްގައި އާއްމު ކުރި އެދެމަފިރިންނާއި ދަރިފުޅުގެ ފޮޓޯއާއެކު، ވަރުގަދަ ކެޕްޝަނެއްވެސް ލިޔެފައި ވެއެވެ.

މީގެ ކުރިން އެ ކުއްޖާގެ ފޮޓޯއެއް އެ މީހުން އާއްމުކޮށްފައެއް ނުވެއެވެ. އަދި އެފަދަ ފޮޓޯއެއް އާއްމުވެދާނެ ކަމަށް ބަލައި، އަނުޝްކާ އާއި ވިރާތް ވަނީ މުމްބާއީގައި އުޅޭ ޕަޕަރާޒީ ކައިރީގައި ދަރިފުޅުގެ ފޮޓޯ ނުނެގުމަށް އެދިފައެވެ.

އަނުޝްކާއާއި ވިރާޓް ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެެވެ. 2018 ވަނަ އަހަރު އަނުޝްކާ އާއި ޝާހުރުކު ޚާންއާއި އެެކު ކުޅުނު ފިލުމު ''ޒީރޯ" އަށް ފަހު އަނުޝްކާ އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ އޭނާގެ އާއިލާއަށެވެ.