މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކާއި ގިގީ ހަދީދްގެ ދަރިފުޅަށް ކިޔައިފައިވާ ނަން އާއްމުކޮށްފިއެވެ. އެ ކުއްޖާއަށް ދިން ނަން ހާމަކޮށްފައި މި ވަނީ ދަރިފުޅަށް ހަތަރު މަހުގައެވެ. ޒޭންއާއި ގިގީގެ ދަރިފުޅަށް ކިޔައިފައިވަނީ ''ޚައި'' އެވެ.

މި ނަން އާއްމު ކުރުމާއި އެކު އެ ނަމުގެ ތަފާތު ކަމުން ގިނަ ބައެއް އަޖައިވުބެ ފާޑުކިޔުންތައް ކިޔައިފައިވެއެވެ. މި ފާޑުކިޔުންތަކަށް ރައްދު ދެމުން ގިގީއާއި ހަވާލީދީ އޭނާގެ ގާތް ރަހުމަތްތެރިއެއް ބުނެފައިވަނީ ގިގީގެ ދަރިފުޅަށް ''ޚައި'' ކިޔުމަކީ އަޖައިބު ވާންޖެހޭ ކަމެއް ނޫން ކަމަށާއި އެ ނަމަކީ ގިގީގެ މާމަގެ ނަމުން ނަގާފައިވާ ނަމެއް ކަމަށެވެ.

ގިގީގެ ބައްޕަ ފަރާތުގެ މާމަގެ ނަމަކީ ''ޚައިރިއާ'' އެވެ. މާމައަށް ލޯތްބާއި އިހްތިރާމް އަދާ ކުރުމުގެ ގޮތުންނާއި އާއިލީ ޘަޤާފަތް ދެމެހެއްޓުމުގެ ގޮތުން ގިގީގެ މާމަގެ ނަން ކުރުކޮށް އޭނާގެ ދަރިފުޅަށް ކިއީ ކަމަށް ވެސް ހޮލީވުޑު ލައިފްގެ ރިޕޯޓްގައިވެއެވެ.

މީގެއިތުރުން ގިގީ މާމައަކީ ޝާހީ އާއިލާއެއްގެ ބޭފުޅެއް ކަމަށާއި އަދި ޒޭންގެ ފަހު ނަމުގެ މާނައަކީ ވެސް ''ކިންގް'' ކަމަށްވާތީ އެ މީހުންގެ ދަރިފުޅަށް ކިޔަން އެންމެ އެކަށީގެންވާ ނަމަކީ ''ޚައި'' ކަމުގައި ވެސް ގިގީ ބުނެފައިވެއެވެ.

''ޚައި'' ގެ ނަން އާއްމު ކޮށްފައިވަނީ ޖެނުއަރީ 21 ވަނަ ދުވަހުއެވެ. މިއީ ޒޭންއާއި ގިގީ ގަބޫލު ކުރާ ގޮތުގައި ނަސީބުގަދަ ދުވަހަކަށް ވާތީއެވެ.

އަދި އެ ދުވަހަކީ މުޅި ދުނިޔެއަށް ވެސް އެމީހުންގެ ދަރިފުޅުގެ ނަން އާއްމު ކުރުމަށް އެންމެ ރަނގަޅު ދުވަސްކަމަށް އެމީހުން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟަ

    ޖީޖީ ހަދީދް ނަމުގެ ރަނގަޅު ގޮތަކީ

    15
    1
  2. ހޮލީވުޑް

    ޖިޖީ* ހަދީދް. (އަސްލު ނަމަކީ ޔެލީނާ ހަދީދް)

    12