ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ކެޕްޝަލް ވިރާތް ކޯލީއަށް އަލަތު ދަރިފުޅު ލިބުނީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދެމަފިރިންނަށް ދަރިއަކު ލިބުމާއެކު އެތައް ބަޔަކު ތިބީ އޭނާގެ ފޮޓޯ ބަލާލަން ކެތްމަދުވެފައެވެ.

މި ދެ މަފިރިންނަށް ލިބުނީ އަންހެން ކުއްޖެއް ކަމަށްވާ އިރު އެ ދަރިފުޅު ބަލާލަން ފޭނުންނާއި މީޑިއާ އިން ކުރި އިންތިޒާރު ނިމުމަކަށް އައީ އިއްޔެއެވެ. އިއްޔެ އަނުޝްކާ މި ވަނީ ދަރިފުޅުގެ ފޮޓޯއެއް އާއްމުކޮށްފައެވެ. އަދި ދަރިފުޅަށް ކިޔާ ނަމަކީ "ވަމިކާ" ކަން ހާމަކޮށްފައިވާއިރު މި ނަަމަކީ އަނުޝްކާ އާއި ވިރާތްގެ ނަމާއި ގުޅުވާފައި ދިން ނަމެއް ކަމަށް ލަފާކުރެވެއެވެ. އެއީ އެ ނަމަކީ އެ ދެ މީހުންގެ ނަމާ ދާދި އެއްގޮތް ނަމަކަށް ވުމުންނެވެ.

އަނުޝްކާ އިންސްޓަގްރާމްގައި އާއްމު ކުރި އެ ދެމަފިރިންނާއި ދަރިފުޅުގެ ފޮޓޯ އާއްމުންނާއި ހިއްސާ ކުރި އިރު ދަރިފުޅުގެ ފޮޓޯއެއް އާއްމުވެދާނެތީ އަނުޝްކާ އާއި ވިރާތު ވަނީ މުމްބާއީގައި އުޅޭ ޕަޕަރާޒީ ކައިރީގައި ދަރިފުޅުގެ ފޮޓޯ ނުނެގުމަށް އެދިފައެވެ.

ވަމިކާގެ ނަން އާއްމު ކުރުމާއެކު އެތައް ބަަޔަކު ދަނީ އެ ދެ މަފިރިންނަށް ލޯތްބާއި ތަހުނިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. އެއާއެކު އެ ނަމަށް ޖޯކުވެސް ވަނީ ޖަހަން ފަށާފައެވެ. ވަރަށް ގިނަ މީހުން ވަނީ އެ ނަމާ ގުޅޭ މަޖާ މީމް އާއި ފޮޓޯތައް ހަދާ މީސްމީޑީއާގައި ދައުރުކުރަން ވަނީ ފަށައިފައެވެ. ބައެއް މީހުން ވަނީ ވަމިކާގެ ނަމަކީ ދޮންނަކުނޑި ކަހަލަ ބްރޭންދެއްގެ ނަމަކާ ވައްތަރު ކަމަށް ބުނެ ހަޖޫ ޖަހައިފައެވެ.

އަނުޝްކާ އާއި ވިރާޓް ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެެވެ. 2018 ވަނަ އަހަރު އަނުޝްކާ އާއި ޝާހުރުކު ޚާންއާއި އެެކު ކުޅުނު ފިލުމު ''ޒީރޯ" އަށް ފަހު އަނުޝްކާ އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ އޭނާގެ އާއިލާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތުން

    ކެޕްޝަލް

  2. ހަތިމާ

    ފާޠިމާ ކިނަމަ ނުވާނެ ޖޯކަކައް.

  3. މުޙައްމަދު

    ތިޔަ ނަން އަޑުއިވިފައި އަހަރެންވެސް ފުރަތަމަ ހިތަށް އެރީ ވެމްކޯ ކީނަމަ މާ ދުލަށް ފަސޭހަވީހޭ. އަނެއްކާ ރާއްޖެއާވެސް ކިހާ ގުޅޭ

    14
    1
    • ާއަހުމަދު

      އާނ ކޮންމެހެންވެސް ޖެހޭނެ ރާއްޖެއާ ގުޅުވަން

      • Anonymous

        ކީއްތަވީ. އިންޑިއާގެ ނޫސްތަކަށް ވުރެ ރާއްޖޭގެ ނޫސްތަކުގައި މިމީހުންގެ ހަބަރުތައް ޖަހާލެއްވެސް ގިނަ. ދެން އެމީހުން އެންމެ ރަނގަޅުތާ އެވަރު ކަމެއް ކޮއްލަދޭން