ސްޕެއިންގެ ގްރެން ކެނޭރިޔާ ރަށަށް ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެއްގައި އިން ފަސިންޖަރެއްގެ ގައިން ދުވަމުންދިޔަ ނުބައި ވަހުގެ ސަބަބުން، ފްލައިޓު އެމަޖެންސީގައި އެހެން ތަނަކަށް ޖައްސަން ޖެހިއްޖެއެވެ.

އެމަޖެންސީ ލޭންޑިން އެއް ކުރަން ޖެހިފައިވަނީ ޓްރަންސޭވިޔާ އެއަރލައިނުގެ މަތިންދާބޯޓެއްކަމަށް މައުލޫމާތު ލިބެއެވެ.

ބައިނަލްއަޤުވާމީ ޚަބަރުތައް ފޯރުކޮށްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފަސިންޖަރުގެ ގައިން ދުވަމުންދިޔަ ނުބައި ވަހުގެ ސަބަބުން، އެބޯޓުން ދަތުރުކުރަމުން ދިޔަ އެހެން ފަސިންޖަރުންނަށް ގިނަ އަސަރުތަކެއް ކޮށްފައިވެއެވެ. އެގޮތުން، ބައެއް ފަސިންޖަރުންގެ ހެއަށް ގޮތްތަކެއްވިއިރު، ބައެއް ފަސިންޖަރުން ހޮޑުލައިފައިވެއެވެ.

އެބޯޓުގައި އިން ބެލްޖިއަމްގެ ފަސިންޖަރަކު، އިނގިރޭސި ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ނުބައި ވަސް ދުވި ފަސިންޖަރު، ފެން ނުވަރާތާ އެތަކެއް ހަފްތާތަކެއް ވުން އެކަށީގެންވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަޖެންސީގައި ފްލައިޓު ޖައްސާފައިވަނީ ޕޯޗުގަލްގެ ސިޓީއެއްކަމުގައިވާ ފާގޯ އަށެވެ. ފާގޯގައި ބޯޓު ޖެއްސުމަށްފަހު، ފަސިންޖަރުވަނީ ބޯޓުން ބާލާފައެވެ.

މިފަދަ ސަބަބުތަކާ ހުރެ ފްލައިޓުތައް އެމަޖެންސީގައި ޖައްސަން މެދުވެރިވާއިރު، ގަމީ ބެއަރތަކެއް ކެއުމުން، ދުވަސްވީ އަންހެނެއްގެ ހާލު ދެރަވުމުގެ ސަބަބުންވެސް، ވަރަށް ފަހުން ފްލައިޓެއް އެމަޖެންސީގައި ޖައްސާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު