ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ހަށިގަނޑަށް ގެއްލުންވާ ވާހަކަ އަބަދުވެސް ދައްކައެވެ. އެކަމަކު ހުއްޓާލަން އެއްވެސް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް އިނގޭ ހެއްޔެވެ؟. މިއީ ހަމަ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމެކެވެ.

އެގޮތުން ޗައިނާގައި 30 އަހަރު ވަންދެން ސިނގިރެޓް ބޮއެގެން އުޅުނު މީހަކަށް ދިމާވި ކަމެއް ހިއްސާ ކޮށްލާނަމެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އެހާ ގިނަ ދުވަސްވަންދެން ސިނގިރެޓް ބުއުމުގެ ސަބަބުން މުޅި ހަށިގަނޑު ރީނދޫ ވީއެވެ.

އެއީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ނަމަަކަށް އާއްމުކޮށްފައި ވަނީ ޑޫ އެވެ. އޭނާ އަކީ ހަށިގަނޑު ރީނދޫ ވުމުގެ ސަބަބުންނާއި ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިިޓަަަލަށް ގެންދިޔަ މީހެކެވެ.

އެ ގައުމުގެ ސިޓީއެއްކަމަށްވާ ހުއައިއާން ސިޓީގައި ހުންނަ ހޮސްޕިޓަލަށް ދިޔަ އެ މީހާ ޑޮކްޓަރަށް ދެއްކިރު، ޑޮކްޓަރުން ބަލާފައި، ވަނީ އޭނާގެ ހަށިގަނޑުގައި ޓިއުމަރެއް އުފެދިފައިހުރި ކަމަށް ބުނެފައެވެ. އެ ޓިއުމަރު ހުރީ އޭނާގެ ޗިސްމޭގައެވެ. އޭގެ ސަބަބުން އޭނާގެ ބައިލް ޑަކްޓްސް ހުރީ ބްލޮކްވެފައެވެ.

ޑޮކްޓަރުން ބުނާގޮތިގައި، އޭނާ އެތައް އަހަރެއް ވަންދެން ސިނގިރެޓް ބުއިމުގެ ސަބަބުން ޓިއުމަރަށް އޭގެ އަސަރު ކުރީ އެވެ. އަދި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުން ޓިއުމަރު ފެނިފައިވާ ކަަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

އެ މީހާއަކީ ވަރަށް ގިނައިން ސިނގިރެޓް ބޯ މީހެކެވެ. އަދި ބަނގުރާވެސް ބޭނުން ކުރާތާ 30 އަހަރު ވެދާނެ އެވެ.

ޑޮކްޓަރުން ބަނީ، އޭނާގެ ހަށިގަނޑުން ޓިއުމަރު ނެގުމަށްފަހު، ދުނިޔޭގައި ހުންނަން ބޭނުންވާނަމަ ސިނގިރެޓް ބުއިމާއި، ބަނގުރާ ބުއިން ހުއްޓާލަން ނަސޭހަތްތެރިވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ ހަށިގަނޑުން އެ ޓިއުމަރު ނެގި ފަހުން އޭނާގެ ހަށިގަނޑު ކުލަ ވަނީ މަޑުމަޑުން ބަދަލުވެފައެވެ.

އަދި މިހާރު އެ މީހާ ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އަމިއްލައަށް ހިނގައި ބިގާ އުޅެވޭ ވަރު ވަނީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަލީމް

    30 އަހަރު ފެގް ބޮވެންޏާ އޯކޭ، 20 އަހަރު އަދި މި ބޮވުނީ

    5
    15
    • ތިންބާރު

      މާދަމާ އެނދުމަތި ވާއިރު ތިޖޯކު ހަނދާންވާނެ، އަދި ކަލޭ ހީނ ހީނ ހަލާކުވާނެ.
      ތިއޮތީ މޮޅުއެއްޗެއް ބުނެވިފައި.

      11
  2. ނަރަމި

    މީހުން ބައިބޯ ރަށެއްގެ މެދުތެރޭގައި އެކްޓީވިސްޓުން ގަވައިދާ ހިލާފަށް ހިންގަން ވެހިކަލަ ރިޕެޔާ ގަރާޖު ހުއްދަ ދިނީމާ އެމީހުން އެއަރުވާ ބޯދުންތަކާއި، ދަންވަރުވެސް އެހެރަ ގޮއްވާ ގަދަ އަޑުތައް ޖެހުނީމާ ނިދުގެއްލުމުން ހަށިގަނޑަށް ކުރާ އަސަރުގެ ފޮޓޯއެއް ސިޓީ ކައުންސިލަށް ފެންނަ ގޮތަށް ޖަހާލަ ބަލަ