އަވަށްޓެރި އިންޑިޔާގައި މިހާރު ކާބޯތަކެތި ޑެލިވަރީ ކުރުމަށް ބޭނުންކުރަނީ ޑްރޯން އެވެ. އެކުވެރި ޗައިނާގައި ކާބޯތަކެތި ޑެލިވަރީ ކުރުމަށް ބޭނުންކުރަނީ ޑްރައިވަރަކާ ނުލައި ދަތުރުކުރާ އުޅަނދުފަހަރެވެ.

އެހެންނަމަވެސް، ބްރެޒިލް އަދި މި ޤައުމުތަކަށް ވުރެ ތަފާތެވެ. އެޤައުމުގައި ޕިއްޒާ ޑެލިވަރީ ކުރުމަށް ބޭނުންކުރަނީ އަހެވެ.

ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެފައިވާ ގޮތުގައި ބްރެޒިލްގެ ބައެއް ޕިއްޒާ އައުޓްލެޓުތަކުންނާއި އެނޫންވެސް ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނުން، އަހުގައި ކާތަކެތި ޑެލިވަރީ ކުރަން ފަށާފައިވަނީ، ތެލުގެ އަގި ބޮޑުވުމުންނެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު، އެޤައުމަށް މިކަމުގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ޕެޓްރޯލާ އެކު ކައްކާ ގޭހުގެ އަގުވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މީގެއިތުރުންވެސް، ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޕެޓްރޯލުގެ އަގުބޮޑުވުމާ ގުޅިގެން ބޮޑެތި ލޮރީތައް ބޭނުންކޮށްގެން އެޤައުމުގެ އެކި ސިޓީތަކުގެ މަގުތަކުގައި ދަނީ އިހުތިޖާޖު ކުރަމުންނެވެ. ލޮރީ ދުއްވާ މީހުންގެ ހަޅުތާލާ ގުޅިގެން، އެހެން އުޅަނދެއްގައި، އެއް ތަނުން އަނެއް ތަނަށް ދިޔުންވެސްވަނީ ދަތިވެފައެވެ.

އަހުގައި ޕިއްޒާ ޑެލިވަރީ ކުރާ މަންޒަރު ފެންނަ ފޮޓޯތައް، މީސް މީޑިޔާގައި ބާރަށް ދައުރުވަމުންދާއިރު، އެކި މީހުންވަނީ މިކަމަށް އެކި ގޮތްގޮތަށް، އެކި ޝުއޫރު ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިއްސެ

    ހިތައްއަރާ މިގައުމުގާވެސް ޕިއްޒާ ޑެލިވަރީކުރަން އަހުގާ މިގެއަށް އަންނަނަމައޭ.