ކާނާއާ ބެހޭ މާހިރުން ބުނާ ގޮތުގައި ދޮންކޭލަކީ އޭގައި ގިނަ އަދަދަކަށް ހަކުރުގެ މާއްދާ ހިމެނޭ މޭވާއަކަށް ވެފައި ބަރުދަން ލުއި ކުރަން ބޭނުންވާ މީހުން ބޭނުން ކުރަން ރަނގަޅު މޭވާއެއް ނޫނެވެ.

މިކަމުގެ ސަބަބުން ގިނަ މީހުން ދޮންކެޔޮ ކެއުމަށް ބިރުގަނެއެވެ. ސަބަބަކަށް ވެފައި ވަނީ އެމީހުންނަށް ވިސްނައި ދީފައި ވަނީ ދޮންކެޔޮ ކެއުމުން ފަލަވާނެ ކަމަށް ބުނެއެވެ. އެއީ މުޅިއަކުން ދޮގެއްވެސް ނޫނެވެ.

ދޮންކޭލަކީ އޭގައި ގިނަ އަދަދަކަށް ހަކުރު ހިމެނޭ މޭވާއެކެވެ. ހަށިގަނޑުގައި ހިމެނޭ ސަރުބީ އާއި ދޮންކޭލުގައި ހުންނަ ހަކުރާއި އެއްވުމުން ހަށިގަނޑަށް ގެއްލުންވެއެވެ.

ތާޒާމޭވާ ކައި އުޅޭ މީހުންގެ ހަށިގަނޑު ހުންނަނީ ވަރަށް ރީތިކޮށެވެ. އެމީހުން ހަފްތާއެއްގެ ތެރޭގައި ވަރަށް ގިނައިން ދޮންކެޔޮ ކައި އުޅެއެވެ.

އެމީހުން ކެމުގައި ބޭނުން ކުރާ އެއްޗެހި ތަކުގެ ތެރޭގައި ސަރުބީ އުފެދޭ ކަހަލަ ކާނާ ބޭނުން ނުކުރެއެވެ. އެހެން ކަމުން ދޮންކެޔޮ ކިތަންމެ ވަރަކަށް ބޭނުން ކުރިކަމުގައި ވިޔަސް އޭގަ ހުންނަ ހަކުރާ ހަށިގަނޑުގަ ހުންނަ ސަރުބީއާއި އެއްވެގެން ހަށިގަނޑަށް އެ އަންނަ ބަދަލު ތަކެއް ނާންނާނެއެވެ.

ހަށިގަނޑަށް ގެއްލުން ލިބޭ މާއްދާތައް ހުންނަ ކާނާ ބޭނުން ނުކުރާ ނަމަ، ދޮންކެޔޮ ފަދަ ހަކުރު ހުންނަ މޭވާތައް ގިނައިންވެސް ބޭނުން ކުރެވިދާނެއެވެ.

ދޮންކޭލަކީ ވަރަށް ގިނަގުނަ ފާއިދާތަކެއް އޭގެއިން ލިއްބައިދޭ މޭވާއެއްވެސް މެއެވެ. އޭގެ ތެރޭގައި ކާއެއްޗެހި ހަޖަމު ރަނގަޅަށް ކޮށްދިނުމާއި ހަށިގަނޑުގަ ހުންނަ ވިހަ މާއްދާތަކުން ރައްކާތެރިކޮށް ހަންގަނޑު އޮމާން ކޮށްދެއެވެ.

ދޮންކޭލަކީ އިންސާނާގެ ކަށިތަކާއި ހިތާއި އަދި ނާރުތަކަށްވެސް ވަރަށް ފާއިދާ ހުރި މޭވާ އެކެވެ. އޭގެ ސަބަބުން އަހަރުމެންގެ ވިސްނުން ބަދަލުވެ އަހަރުމެންގެ ދިފާއީ ނިޒާމް ވަރުގަދަވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙަސަނު

  ކާންވީ މޭވާއެއްވެސް ނޭނގުނެއްނު! ދޮނކޭލަކީ ވިޓަމިން ސީ ހެސްކިޔާފަ ހުންނަ އެއްޗެކޯ، އަނެއް ކޮޅުން ހަކުރު ގިނަވީ!

  15
  2
 2. ޖިލާޅި

  ކެޔޮ އެތެރެކޮށްގެން ވިއްކާ ބަޔަކު ކަލެޔަށް ބައެއް ނޭޅީތަ؟ ބައި އަޅައިފިއްޔާ ލިޔާނީ "ދޮންކެޔޮ އަކީ އެންމެން ކުޅުދިޔާކޮށްލާ އެއްޗެއް. ނުކައި ދޫކުރާކަށް ނުވާނެ." މިހެން ދޯ؟

 3. މަރީ

  މިހާރު ނޭނގެ ކާންވީ އެއްޗެއް ނުކާންވީ އެއްޗެއް. އެއްފަހަރު ކާށޭ އަނެއް ފަހަރު ނުކާށޭ

 4. ނަސީރު

  މީދެން ކިހާވަރަގަދަ ކަމެއް އެއްފަހަރު ބުނާނެ ދޮންކެޔޮ ގިނައިން ކާށޭ ، އަނެއްފަހަރު މިބުނަނީ ދޮންކެޔޮ ގިނައިން ކާކައް ނުވާނެޔޭ. ޚާނެ އެއްޗެއް ނޭންގުނު، ފަތްޕިލާވެލީގެ ބާވަތް ދެން ކެވެން އޮތީ ، އެވެސް ކާން ފަށާއިރައް ކިޔާނެ ކޮންމެވެސް މު......ޖޭ.