ޓުވިޓަރއަކީ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ މީސްމީޑިޔާއެވެ. މިޔާއެކު ހިގާ ޚަބަރުތައް ގެނެސްދިނުމަށް ފުލުހުންނާއި ސަރުކާރުގެ މިއައްސަސާތަކުން ކުރާ ކަންތަތައް ތަކުގެ ޚަބަރުތައް ގެނެސްދިނުމަށްވެސް ޓުވިޓަރގެ ބޭނުން މިވަނީ ކުރަން ފަށާފައެވެ.

ނަމަވެސް އިންޑިޔާގެ މުންބާއީގެ ފުލުހުން ކުރަނީ ވަރަށްވެސް ތަފާތު ކަމެކެވެ. އިންޑިޔާގެ މުންބާއީގެ ފުލުހުން ޓުވިޓަރގައި އެމީހުންގެ މެސެޖްތައް ފޯރުކޮށްދިނުމަށް ގެންގުޅެނީ ތަފާތު އުކުޅެކެެވެ.

މިގޮތުން އިންޑިޔާގެ މުންބާއީގެ ރަސްމީ ޓުވިޓަރ އެކައުންޓްއިން ކޮށްފައިވާ ޕޯސްޓްއެއްގައި ބުނެފައިވަނީ މިދެފޮޓޯގައިވާ ފަރަގު ދެނެގަތުމަށެވެ.

ފަރަގު ދެނެގަނެ ވިއްޖެ ހެއްޔެވެ؟ ފުރަތަމަ ފޮޓޯގައި ފެންނަން ހުރި ފޮށިގަނޑެއް ދެވަނަ ފޮޓޯގައެއް ނެތެވެ.

މުންބާއީ ފުލުހުން މިފަދަ ގޮތަކަށް މިޕޯސްޓް ހަދާފައިވަނީ މީހެއްގެ ބެލުމުގެ ދަށުގައި ނޫންގޮތަށް ހުންނަ ފޮށިގަނޑެއް ހުރެއްޖެނަމަ ފުލުހުންނަށް ވީހާވެސް އަވަހަށް ރިޕޯޓް ކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޯނުއެދުރު

    ކަޅު ދަބަސް .ބަލާބަލަ ޕޭމަންޓް

  2. ގާރލް 7

    ފޮޓޯގެ ކަނާތް ފަރާތު މަތީ ކަނުގައި 5 ކަނަށް އިން ސްޓިކާރ... އެއީ ތަފާތަކީ...

  3. މަރީޔަމް

    އެތާވެސް ކަޅު ފޮށި