ލޯބިވާ ބައްޕަގެ ވަކިވުން ވެގެން ދިޔައީ ބޮޑު ހިތާމައަކަށެވެ. އަދި ހާއްސަކޮށް ކައިވެނި ކުރާ ހަފްލާއަށް ބައްޕަ ނެތުމުން ވާނެ ފަޅުކަން އިހުސާސް ކުރެވިފައި ރޮވޭވަރު ވިއެވެ.

ނަމަވެސް އެނގޭ ހެއްޔެވެ؟ އިންޑިއާއަށް ނިސްބަތްވާ މި ޒުވާން އަންހެނާއި ކައިވެނީގެ ހަފްލާއަށް "މަރުވެފައިވާ" އޭނާގެ ބައްޕަ ހުއްޓެވެ.

ލަކްޝްމީ ޕްރަބާ ނަމަކަށް ކިޔާ އެ ޒުވާނާއަށް ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ލިބުނީ "ބައްޕަ" އެވެ. ބައްޕައާއި ވައްތަރު ގޮތަކަށް ހަދާފައިވާ ބުދެކެވެ.

އޭނާގެ ބައްޕަ އެ ހުރީ އޭނާގެ ކައިވެނީގެ ހަފްލާގައެވެ.

ވެކްސް އިން ހަދާފައިވާ ބައްޕަގެ ބުދު، ޕްރަބާއަށް ހަދިޔާ ކުރީ އޭނާގެ ދައްތަ ބުވަނެޝްވަރީ އެވެ. އޭނާގެ ބައްޕަ މަރުވެފައި ވަނީ މި އަހަރުގެ ކުރީކޮޅުގައެވެ.

ބައްޕަގެ އެ ވެކްސް މޮޑެލް ހަދަން ހަ ލައްކަ ރުޕީސް ވަނީ ހަރަދުކޮށްފައެވެ. އަދި ބުވަނެޝްވަރީ ވަނީ ޕްރަބާއަށްޓަކައި އެކަމަށް ވަގުރު ހުސްކޮށް، ހުރިހާ ކަމެއް ރަނގަޅަށް ދޭތޯ ވަރަށް ގާތުން ބަލާފައެވެ.

އެކަން ހަގީގަތަކަށް ވެގެންދިޔައިރު، އެކަމާއި ޕްރަބާވެސް ހުރީ ވަރަށް އުފާވެފައެވެ.

އެ ކައިވެނީގެ ހަފްލާއަށް ދިޔަ މީހުންނާއި، އާއިލާ މީހުންވެސް ބައްޕައާއެކު ފޮޓޯތައް ނަގާފައި ވެއެވެ. އަދި ސެލްފީވެސް ނެގިއެވެ.

މަރުވެފައިވާ މީހުންގެ ވެކްސް ސްޓެޓޫސް ހެދުމަކީ މިހާރު ޓްރެންޑަކަށްވެފައިވާ ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުދު

    ބުދު ހެދުމާ ސޫރަކުރެހުމަކީ އިސްލާމް ދީނުގައި ކޮންކަހަލަ ކަމެއްތޯއެވެ؟އެކަމާބެހޭ ގޮތުން މައުލޫމާތު ކޮޅެއް މިލިއުން ލިއުނުމީހާއަށް ފޯރުކޮށް ދެއްވާ ކޮންމެސް ބޭފުޅަކު

    25
    2