މިދިޔަ ހުކުރު ދުވަހުގެ އިރު އޮއްސުނީ މުޅި އުންމަތަށް އިތުރު ހިތާމަވެރި ޚަބަރަކައިގެނެއެވެ. ދުޝްމަނުންގެ ހަމަލާތަކުގެ ސަބަބުން އިތުރު މުސްލިމެއް މިދުނި ދޫކޮށް ދިޔައީއެވެ. ފިސާރި ކެރިގެން އޭނާގެ ވާޖިބު އަދާކުރަމުން ދަނިކޮށެވެ. މަރަށް ޖެހި ލުމެއްނެތި އެހެން މީހުންނަށް އެޙީތެރި ވުމުގައި ދެމިހުއްޓައެވެ.

ރަޒަން އަލް ނަޖަރު އެމެރިކާގެ ސުރައިޕަރެއް ސީދާ މެޔަށް އަމާޒުކޮށް ދިން ޙަމަލާގައި ޝަހީދުވެގެން ދިޔައިރު، ރަޒަންގެ ޙަޔާތަކީ އިސްލާމީ އުންމަތުގެ އެހެން އަންހެން ކަނބަލުންވެސް ފިލާވަޅު ލިބިގަންނަންޖެހޭނެ ހަޔާތެވެ. އުމުރުން އެންމެ 21 އަހަރުގެ ރަޒަން މިދުނިޔެއާ އަލްވަދާޢުކީ ނަރުހެއްޖެ ވާޖިބު އަދާކުރުންމަތީ ދެމިހުއްޓައެވެ.

ރަޒަން އޭރުހުރީ ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގެންތިބި އިސްރާޢީލްގެ ނުބައި ޖައްބާރުންގެ ކިބައިން މިންޖުވުމަށް ފަލަސްތީނު މީހުން ކުރަމުންދާ މުޒާހަރާގައި ޒަޚަމްތައް ލިބެމުންދިޔަ މީހުންނަށް ސިއްޙީ ފަރުވާތެރިކަން ދިނުމަށެވެ. ހުދު ޔުނީފޯމެއްގައި ހާމައަށް ފެންނަ ގޮތަށް ބޮޑު ފާހެއް އަޅައިގެން ރަޒަން ހުރި އިރު، އެމެރިކާގެ ރަޙުމް ކުޑަ ސުނައިޕަރު ރަޒަންގެ މެޔަށް ބަޑި އަމާޒު ކުރިއިރު ރަޒަންހުރީ ދެއަތް މައްޗަށް ނަގާ އަމާންދީގެނެވެ. ނަމަވެސް ރަޒަން ޝަހީދުކޮށްލީ އެއްވެސް ރަޙްމެއް ޙަމްދަރުދީއެއް ނެތިއެވެ.

ރަޒަން ޝަހީދުކޮށްލި ދުވަހު މީޑިޔާތަކަށް ދިން އިންޓަރވިއުއެއްގެ ވީޑިއޯއެއް ވަނީ ޢާންމުވެފައެވެ. ތިރީގައި މިވަނީ އެއިންޓަރވިއުގައި ރަޒަން ދެއްކި ވާހަކަތަކެވެ. ރަޒަން އިންޓަރވިއު ދީފައިވަނީ މުޒާހަރާ ކުރަމުންދިޔަ މައިދާނުގައި ކަމުން ބައެއް ވާހަކަތައް އެހާ ސާފުވާ ގޮތެއް ނުވިއެވެ. ތިރީގައި މިވަނީ ރަޒަން ދިން އިންޓަރވިއުގެ ދިވެހި ތަރުޖަމާއެވެ.

ރަޒަން: " ފުރަތަމަ ކަމަކަށް ތި އެންމެ ބޭފުޅުންނަށް މަރުޙަބާ.. އަހަރެންނަކީ ރަޒަން. އަހަރެން މިތާ ހެނދުރު 7 ކުން ރޭގަނޑު 8 ކަށް ހުންނަން. އަހަރެމެންގެ ޓެންޓްއިން (މުޒާހަރާގައި ޒަހަމްވާ މީހުންނަށް) އަހަރެމެންނަށް ވީވަރަކުން ފަރުވާކޮށްދެން. މިހާރު ގާތްގަނޑަކަށް 70 ވަރަކަށް މީހުންނަށް ފަރުވާކޮށްދެވިފައިވާނެ. އަލްޙަމްދުލިﷲ އެމީހުންނަށް މިހާރުވަނީ އެމަޖެންސީ މެޑިކަލްދީ ފަރުވާ ދެވިފައި... "

އިންޓަރވިއު ކުރާ މީހާ: ބިރުގަނޭތަ މައިދާނަށް ނިކުމެ އުޅޭއިރު؟

ރަޒަން: ނޫނޭ ބިރެއް ނުގަނޭ. އަހަރެމެންގެ ހަޔާތް ދަނީ މިހެން. އެހެންވީމަ ވިސްނަން އޮތީ ކޮން ކަމެއް!

ރަޒަންއަކީ އަޒުމް ވަރުގަދަ ކެރޭ ބަތަލާއެކެވެ. މީގެ ކުރިންވެސް ރަޒަން މީޑިޔާތަކަށްދިން އިންޓަރވިއުއެއްގައި މިވާހަކަތައް ހުރީ މިގޮތަށެވެ. ރަޒަން ބުނިގޮތުގައި އަންހެނުންނަށް މައިދާނަށް ނުކުމެ އެހީތެރިވެވޭނެއެވެ. ރަޒަން އަދާ އެކުރަނީ އެޒިންމާއެވެ. ރަޒަންގެ އެންމެފަހު ޕޭސްބުކް ޕޯސްޓްގައިވަނީ، އަތުގައި ހުރި ވަޒަނެއް ގަޔަށް ޖެހިޔަސް ބިރު ނުގަންނާނެ ކަމަށެވެ.

މީގެ އިތުރުން މީހެ މަހެއްހާ ދުވަސްކުރިން ރަޒަން ބޭރުގެ މީޑިޔާތަކަށް ދީފައިވާ އިންޓަރވިއެއްގައި ބުނެފައިވަނީ އަންހެނުންނާއި ފިރިހެނުންތާ ތަފާތު ކުރުން ބޮޑު މުޖުތަމައެއްގައި އަންހެނުންނަށްވެސް ވާނެ ކަން ހާމަކޮށްދެން ބޭނުންވާ ކަމަށާއި މުޒާހަރާ ފެށުނު ދުވަހުވެސް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ހަރަކާތްތެރިވި ކަމަށެވެ. މީގެ އިތުރުން މިއިންޓަރވިއުގައި އޭނާގެ ބައްޕައަށް މީހުން ސުވާލު އުފައްދާ ކަމަށްބުނެ ރަޒަން ބުނެފައިވަނީ ރަޒަން މަސައްކަތް ކުރަނީ ލާރިއަކަށް ނޫންކަމަށާއި ބޭނުންވަނީ ޤައުމުގެ ކުޑަކުދިންނާއި ހުރިހާާ ފަރުދުންނަށް ސިއްޙީ އެތީތެރިކަން އެމީހުން އެންމެ ބޭނުންވާ ވަގުތު ދިނުން ކަމަށެވެ.

ހަނގުރާމައިގެ ޖަރީމާތަކާ ބެހޭގޮތުން ދުނިޔޭގެ ޤައުމުތަކުން ކަނޑައަޅާފައިވާ "ޖެނީވާ ކޮންވެންޝަން" ނުވަތަ ޖެނީވާގެ މުއާޙަދާގައި ބަޔާންކޮށްފައިވާ ގޮތުން ހަނގުރާމައިގައި ނުވަތަ އެނޫންވެސް ހަމަނުޖެހުމެއްގައި ޞިއްޙީ އެހީތެރިކަން، ފުރަތަމަ އެހީ އަދި އެނޫންވެސް އެހީ ފޯރުކޮށްދޭ މީހަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ކުށެކެވެ. އަދި، އެފަރާތްތަކުގެ އާލާތްތަކާއި ވެހިކަލްތައް އަދި ތަންތަނަށް ހަމަލާ ދިނުމަކީ ކުށެކެވެ. ނަމަވެސް އިސްރާއީލުން އެ ޝަހީދުކޮށްލީ ޔުނިފޯމް ލައިގެންހުރި ނަރުހެކެވެ. އެއޮހޮރާލީ އުންމަތުގެ ޚިދުމަތުގައި ހުރި މީހެއްގެ ލެޔެވެ. މާރޗް 30 ގެ ފަހުން އިސްލާއީލުގެ ސިފައިން ދެމުންދާ ރަހުމުކުޑަ ޙަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީން މީހުންގެ އަދަދު މިހާރުވަނީ 120 އަށް އަރާފައެވެ. އަދި 13،000 އަށްވުރެ ގިނަ މީހުންނަށްވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ،

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون. ރަޒަން އަށް ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރު ކޮށްދެއްވާންދޭވެ. ޢާމީން.

    • މުޙައްމަދު

      އާމީން

    • މޯޑު

      آمين?

    • ނުރަބޯ

      އާމީން.

    • މީ

      امين

  2. ރަޒަން އަށްޓަކައި އުންމަތް

    ކޮން ޖެނީވާރެއް. އެނެރިކާނުންނާއި އިޒުރާއިލަކަށް އެއްވެސް ކޮންވެންޝަން އެއް ނުއޮންނާނެ. އެމީހުން ބޭނުންކަމެއް ބޭނުން ގޮތަކަށް ކޮއްލާނީ. މުސްލިމުން ވާންޖެހެނީ އެކި ގައުމުތަކުގެ ބަޔަކަށް. ޔަހޫދީންނަކީ އެކަމަކު އެއް އުންމަތެކޯ. އިޒުރޭލަށް ހަމަލާ ދޭންމަ އެމީހުންގެ ދިފާޢުގައި ކަމަށް ބުނެ އެމެރިކާނުން އަރާ ހަތިޔާރެއް ނެތް ބަޔަކު ތަޅާ ތިރިކުރީމަ ވެސް ނުވޭ ދާޚިލީ ކަންކަމާ ބެހުނު ކަމަކަށް. އެކަމަކު މުސްލިމުން އެގޮތަށް ގޮސްފިނަމަ އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނީކަމަށް ބުނާނީ. ވަކި ގައުމުތަކެއް ގައި ދިރިއުޅުނަސް މުސްލިމުންނަކީ އެއް އުންމަތެއް. އެހެންވީމާ އިޒުރޭލާއި ދެކޮޅަށް ހަނގުރާމަ ކުރަން ތެދުވުމަށް މުޅި އިސްލަމީ އުންމަތަށް ގޮވާލަން. އެކަމުގައި އަހަރެންވެސ ބައިވެރިވާނަން. އިންސާނީ ހައްޤު ލިބެން ޖެހޭ ބަޔަކަށް މުސްލިމުން ނުވަނީބާ ދައްޖާލުތަކާ???

  3. Anonymous

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون. ރަޒަން އަށް ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރު ކޮށްދެއްވާންދޭވެ. ޢާމީން

  4. ޕެރެމެޑިކް

    އަޅޭ ކޮން ނަރުހެކޭތެ ތިކިޔަނީ. ނަރުހުން ތިހާ ގަޓެއް ނުހުންނާނެ. ތީ ޕެރެމެޑިކްއެއް

    • ނަރުސް

      ތި އެންމެ އިގޭ ދޯ ؟

  5. Anonymous

    ރޯދައަށް ހުރި މީހަކު ލިޔެފަ އޮތް ލިޔުމެއް މީ.. އެހެންވީމާ ތާ މިލިޔުމުގަ އެހާ ކުށްގިނައީ

  6. ފއ

    އާމީން