އިންޑިޔާގެ ފުރަތަމަ ޖައްވަށް ދަތުރު ކުރި އެސްޓްރަނޯޓް ކަމަށްވާ ރާކޭސް ޝަރުމާގެ ދިރިއުޅުމާގުޅޭ ގޮތުން އުފައްދާ ފިލްމް "ސެލިއުޓް" ކުރިން އާމިރު ޚާން ކުޅޭ ގޮތަށް އަޑު ފެތުރިފައި ވީނަމަވެސް މިހާރު އެ ފިލްމް ކުޅެން ހަމަޖެހިފައިވަނީ ސާހުރަކް ޚާން ކަމަށާއި އަދި ވަރަށް އަވަހަށް ފިލްމްގެ މަސައްކަތް ފަށާނެކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.

މި ފިލްމް ޕްރޮޑިއުސް ކުރަނީ ރޮނީ ސްކުރޫވެލާ އާއި ސިދާތު ރޯއީ ކަޕުރެވެ.

"ސާހުރަކް ބޭނުންވަނީ އޭނާގެ ފިލްމް ޒީރޯގެ ޕްރަމޯޝަން ފެށުމުގެ ކުރިން މި އަހަރު ސެޕްޓެމްބަރުގައި ފިލްމް ކުޅެންފަށާ ދެމަހެއްހާ ދުވަހަށް ކުރިއަށް ގެންދަން. ޒީރޯގެ ޕްރަމޯޝަނަށް މެދުކަޑާލުމަށްފަހު އަންނަ އަހަރު ޖެނުއަރީގައި އަނެއްކާވެސް ޝޫޫޓިންތައްފަށާ ނިންމާގޮތަށް. މި ފިލްމް ނެރުމަށް ހަމަޖެހިފައިވަނީ 2019ގެ ފަހުކޮޅުގައި" ފިލްމްގެ ޓީމްގެ މެމްބަރަކު މީޑިޔާއާއި މައުލޫމާތު ހިއްސާކުރަމުން ބުންޔެވެ.

ކުރީގައި މި ފިލްމްގައި އާމިރު ޚާންގެ އަންހެނުންގެ ރޯލް ކުޅުމަށް ހަމަޖެހިފައިނީ ޕްރިޔަންކާ ޗޯޕްރާއެވެ. ނަމަވެސް މިހާރު ސާހުރަކް މި ފިލްމް ކުޅޭގޮތަށް ހަމަޖެހުމުން ދެން އެރޯލް ކުޅޭނީ ކާކު ކަމެއް އަދި ނޭންގެއެވެ. އެއްވެސް ފަރާތަކުން އެކަހަލަ މައުލޫމާތެއް ހިއްސާކޮށްފައިވެސް ނުވެއެވެ.

އާމިރް ޚާން އާއި ޕްރިޔަންކާ އެއް ފިލްމަކުން ފެނުމަށް އެދުނު ދިނަ ފަރާތްތަކަކުން ހުރީ މިކަމާމެދު ދެރަވެ ހިތްހަމަނުޖެހިފައެވެ. މިދެ ފަންނާނުންވެސް ވަނީ އެކަކު އަނެކަކާއެކު ފިލްމެއް ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޕްރިޔަންކާ ހޮލީވުޑްގައި އޭނާގެ ކާމިޔާބް ސީރީސް "ކުއަންޓިކޯ" ގެ ދެވަނަ ސީރީސް ކުޅެމުންދާއިރު އަމިރުޚާން އަންނަނީ ސައިނާއިން އޭނާގެ ފިލްމް "ސީކްރެޓް ސްޕަސްޓާ" އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ޕާޓީއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެ ފިލްމަށް ޗައިނާއިން ވަނީ 900 ކުރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިފައެވެ.