އިންޑިޔާގެ ކޮލްކަތާގައި ފެރާރީއެއްގައި ދުއްވަމުން ދިޔަ މީހެއް ހާމައަށް ފެންނަހުރި ފާރެއްގައި ޖެހި އެކަކު މަރުވެ، އިތުރު މީހަކަށް ބޮޑެތި ޒަހަމްތަކެއް ވެއްޖެއެވެ. މިކަން ހިނގާފައިވަނީ މިއަދު ހެދުނު 9:30 ކަންހާއިރުއެވެ.

މިއެކްސިޑެންޓްގައި މަރުވެފައިވަނީ 20 އަހަރުގެ ކާރު ދުންވަން އިން މީހާއެވެ. އަދި ބޮޑެތި ޒަހަމްތަކެއް ލިބިފައިވަނީ ކާރުގެ ކުރީ ސީޓްގައި އިން މީހާއަށެވެ. ޒަހަމްވި މީހާ މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި ދުއްވަން އިން މީހާ ހޮސްޕިޓަލްއަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލްއާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެއެވެ.

މިއެކްސިޑެންޓްގައި ފެރާރީއަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މިއެކްސިޑެންޓްގައި ކާރުގެ ދުއްވަން އިން މީހާ ގަޔަށް ބޮޑު ދަގަނޑު ހޮޅިއެއް ވަދެފައިވެއެވެ. އަދި މިއެކްސިޑެންޓް ހިގާފައިވަނީ ކާރު ކޮންޓްރޯލް ނުކުރެވިގެންނެވެ.

ފެރާރީއަކީ 500 ހޯސްޕަވަރގެ ކާރެކެވެ. ދެމީހުންގެ ސީޓް ހުންނަ މިކާރަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އަގު ބޮޑު ކާރު ތަކުގެ ލިސްޓްގައި ހިމެނޭ ކާރެކެވެ.

ކިޔުންތެރިންގެ ހިޔާލު