މިއަދު ފޭސްބުކްގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ޤުރުއާންގެ ނަމުގައި ފައިސާ ހޯދުމަށް އޮޅުވާލައިގެން ބޮޑު ހަރަކާތެއް ހިންގަން ފަށައިފިއެވެ.

ފޭސްބުކުން އެ ވީޑިއޯ އަކީ ލައިވް ވީޑިއޯއެއްގެ ގޮތުގައި ފެނުނު ނަމަވެސް އެއީ ލައިވް ވީޑިއޯއެއް ނޫނެވެ. އެއީ މީގެ ކުރިން އޭނާ ލާފައިވާ ގުރުއާން ވީޑިއޯއެކެވެ.

އެ ވީޑިއޯ އެކު ޕޭޖުތަކުން ލައިވް ކުރަމުން ދާއިރު އެ ވީޑިއޯގެ ތިރިއަށް “ސަލާމް” މިހެން ލިޔެލާ ކޮމެންޓްކުރާ ފުރަތަމަ 500 ފަރާތަކަށް 5000 ޑޮލަރު ލިބޭނެ ކަމަށް އެ ވީޑިއޯގައި ކެޕްޝަންގައި ލިޔެފައިވާ ލިޔުމުގައި ބުނެފައި ވެއެވެ. އެެންނަމަވެސް އެ ވީޑިއޯ އަށް “ސަލާމް" މިގެން ކޮމެންޓް ކުރުމުން އެ ޕޭޖްގެ ފަރާތުން ލިބޭ މެސެޖްގައި، އެ ފައިސާ ހޯދަން ކުރަން ޖެހޭ އިތުރު ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

އަދި އެ ފައިސާ ހޯދުމަށް ކޭޝްކާޑުގެ މައުލޫމާތު ހޯދަން އެދެމުންދާ އިރު، މިއީ ކާޑުގެ މައުލޫމާތު ހޯދަން ހިންގާ ޖަރީމާއެއްކަން މިހާރު ވަނީ ފަޅާ އަރާފައެވެ.

އެ ޕޭޖްގެ ފަރާތުން ލިބޭ މެސެޖުގައި ބުނެފައި ވާގޮތުން 15 ގްރޫޕަކަށް އެ ވީޑިއޯ ޝެއަރކުރުމަށް ފަހު "އޯކޭ" މިހެން ލިޔުމުން ރެޖިސްޓްރީ ވެވުނީއެވެ. އެ ލިންކަށް ފިއްތާލުމުން އެއީ ގިވްއަވޭ އެއް ކަމަށް ބުނެ ދައްކަނީ އިނާމު ލިބުނު ކަމަށް ބުނާ މީހުންގެ ފޭކު ކޮމެންޓުތަކެކެވެ. އެއަށް ފަހު އީމެއިލް އާއި ކާޑުގެ މައުލޫމާތު ހޯދަން އެދެއެވެ.

މިއީ އަނެއްކާވެސް މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ނަމުގައި ހިންގާ ބޮޑު ޖަރީމާއެކެވެ.

މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ދަނީ ފެންމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ވަގުތު ނޫހުގައި ވެސް ކޮމެންޓް ކޮލަމު ގައި ތިގޮތައް އެހެންމީހުން މީސްމީހުންގެ ނަމުގައި އެބަ ކޮމެންޓް ކޮށްފައެބަހުރި އޭގެ އުގޫބާތް ދެއްވާށި ކޮންމެ ކަމެއްގައިވެސް ވައްކަން

    25
    2
  2. ބޯގަޅިން

    ކަންކަމުގައި ބުއްދިބެހެއްޓުމުގެ މުހިންމުކަން މިކަމުންއިނގެނީ..ކާޑުގެ މައުލޫމާތުނުދޭތި

    47
    1
  3. ކޮރަލް

    މިކަހަލަ ހައްދު ފަހަނަ އަޅާފަ ހުރި ބަޔަކު ކުރާ ކަމެއް ތަހުގީގު ކުރަން ފުލުހުން ކުރާ ކަމެއް ރައްޔިތުންނަށް ހާމަ ކޮށްދީ ބަލާށެވެ.

    27