ވެނެޒުއެލާގައި އުމުރުން 36 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ފައްސިިވުމުން އުޅުނީ އެކަން ސިއްރުކޮށްގެންނެވެ. އޭނާ އެކަން ސިއްރުކޮށްގެން އުޅުމުން ބޮޑު ހިތާމައަކާއި ކުރިމަތިލާން ޖެހުނެވެ.

އޭނާގެ ގައިން ކޮވިޑް-19ގެ އަލާމާތްތައް ފެނުމުން އޭނާ ވަނީ ޓަޗިރާ ސިޓީއަށް ގޮސް ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ. އޭނާ ޓެސްޓު ކުރުމުން ކޮވިޑް-19 އަށް ފައްސިވިއެވެ.

ކޮވިޑް-19 އަށް ފައްސިކަން އެނގުނު ނަމަވެސް، އުމުރުން 33 އަހަރުގެ އޭނާގެ ފިރިމީހާ އަށާއި، އާއިލާގެ އެހެން މީހުންނަށްވެސް އެކަން ވަނީ ސިއްރު ކޮށްފައެވެ. އޭނާ އެ މީހުންގެ ގާތުގައި ބުނީ، އޭނާ އުޅެނީ ކޮންމެވެސް ކަހަލަ ރޯގާއެއް ޖެހިގެން ކަމަށާއި، އެކަހެރިވެގެން ހުންނަން ބޭނުންވާ ކަމަށެވެ.

މިގޮތަށް ދުވަސްތައް ދަނިކޮށް ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު އޭނާގެ ފިރިމީހާ ޕާޓީއަކަށް ދިޔައެވެ. އޭނާ އެކަން އަންގަން ބޭނުންވީ އެހާ ހިސާބުންނެވެ. އޭނާ ބަލި ފަތުރަން ބޭނުން ނުވީއެވެ. އެއިރު އޭނާގެ 17 އަހަރުގެ ދަރިފުޅާއި، ހަތަރު އަހަރުގެ އެއްމާބަނޑު ދެކުދިންގެ ޕީސީއާރް ޓެސްޓު ނައްސިއެވެ.

ނަމަވެސް ފަހުން އެ އަންހެން މީހާގެ ހާލަތު ގޯސްވިއެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރިއެވެ. އޭނާގެ އާއިލާ ފައްސިވީ އޭގެ ފަހުންނެވެ.

އަދި ފަހުން އާއިލާގެ ބާކީ ތިބި ހަތަރު މީހުންގެ ހާލަތު ގޯސްވިއެވެ. އެ އަންހެން މީހާ މަރުވީ ޖެނުއަރީ 18 ވަނަ ދުވަހުއެވެ. އޭގެ އަނެއް ދުވަހު އޭނާގެ ފިރިމީހާ މަރުވިއިރު، އޭނާގެ ތިން ދަރިން އެބަލީގައި މަރުވެފައިވަނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވައެވެ.

މި ވޭދަނައާއެކު، ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ މާސްކް އެޅުމާއި، އަތް ދޮވުމާއި، އަދި އިޖްތިމާއީ ގައިދުރުކަމާއި، ބަލީގެ އެއްވެސް އަލާމަތްތައް ފެނިއްޖެ ނަމަ ޓެސްޓު ކުރުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއާޒު

    ހިޔާލީ ވާހަކައެއް

    3
    3