މީގެ ދެހަފްތާ ފަހުން ރަޝިއާގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަައް ހާއްސަކޮށްގެން އެގައުމުގެ ސްޕަމާކެޓަކުން ފުޓްބޯޅައެއްގެ ބައްޓަމަށް އުފެއްދި ފެން ފުޅިއެއްގެ ސަބަބުން އަލިފާން ރޯވާ މައްސަލަ ބޮޑުވެގެން ފިހާރަތަކުގައި ވިއްކަން ހުރި އެތައް ހާސް ފުޅިއެއްގެ ފެން އަނބުރާ ނަގަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިފެންފުޅީގައި އަލިފާން ރޯވާން ދިމާވަނީ އިރުގެ އަލި ފުޅިއަށް އެޅުމުން ފުޅީގެ ޑިޒައިން ހުރި ގޮތުންނެވެ. އާންމުގޮތެއްގައި ކޮންމެ ޕްލާސްޓިކް ފުޅިއަކުން ވެސް މިގޮތައް އަލިފާން ރޯކުރެވިދާނެއެވެ. ނަމަވެސް މައްސަލަ ޖެހިގެން އުޅޭ ފުޅީގެ ޑިޒައިން ހުރި ގޮތުން މާފަސޭހައިން އަލިފާން ރޯކުރެވެނީއެވެ.

ފެންފުޅި އުފެއްދި ކުންފުނިން ބުނީ ފެންފުޅި ބާޒަރަށް ނެރެވިފައި ވަނީ އެންމެ އެކަށީގެންވާ ޑިޒައިނެއްގައި ކަމަށް ނުވާތީ އެޑިޒައިންގެ ހުރިހާ ފުޅިއެއް ވިއްކުން ހުއްޓާލާ މިހާރު ފިހާރަތަކަށް ޑެލިވާރު ކުރެވިފައިވާ ހުރިހާ ފުޅިއެއް ނަގަމުން އަންނަ ކަމަށެވެ.

https://twitter.com/KoltovskoyYakov/status/1002186931596390401

މިފުޅި ބޭނުން ކޮށްގެން ފަސޭހައިން އަލިފާން ރޯކުރެވުނު ނަމަވެސް މިކަމުގެ ސަބަބުން އަދި ނުރައްކާތެރި ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓެއް ލިބފައެއް ނުވެއެވެ.

ޖޫން 16 ގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރަޝިއާގެ އެކި ކުންފުނިތަކުން ދަނީ ތަފާތު ތަކެތި ބާޒާރަށް ނެރެމުންނެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ ގިނަ ވިޔަފާރިތައް އެތައް ގުނައެއް ރަނގަޅު ވެގެން އަންނާނެ މޫސުމެކެވެ.

ކިޔުންތެރިންގެ ހިޔާލު