ކިޓް ކެޓަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެެއްގައި ވެެސް ބާރުމިނުގައި ވިކެމުން އަންނަ ޗޮކްލެޓެކެވެ. މީގެެ ކުރިން މަދު ވައްތަރުތަކެއް ފެންނަން ހުންނަ ކިޓް ކެޓުން މިވަނީ އެ ބްރޭންޑުގެ ރަހަތަށް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ފަށައިފައެވެ.

މިއާއެކު ކިޓްކެޓު ކެެއުމަށް ފޯރިހުންނަ މީހުން މިހާރު އިންތިޒާރުކުރަމުން އަންނަނީ އެެ ބްރޭންޑުގެ ދަށުން ތައާރަފްކުރުމަށް އިއުލާންކޮށްފައިވާ "ޒިބްރާ ކިޓްކެޓް"އަށެެވެެ.

ޒިބްރާ ކިޓްކެެޓު ތައްޔާރުކޮށްފައި ވަނީ ވައިޓް ޗޮކްލެޓު އަދި ޑާކް ޗޮކްލެޓު ބޭނުންކޮށްގެން ޒިބްރާއެެއްގެެ ހަންގަނޑުގައި ހުންނަ ކުރެހުމާ އެއްގޮތަށެވެެ. އެ ޗޮކްލެޓު ތައްޔާރުކުުރުމަށް ބޭނުންކޮށްފައިވާ ދެ ބާވަތުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ މި ޗޮކްލެޓު ކެއުމަށް ނުހަނު ބޭނުންވާ ކަމަށް ބުނަމުންނެެވެ.

މިބާވަތުގެ ކިޓްކެޓު ތައާރަފް ކުރުމަށް ހަމަޖެެހިފައި ވަނީ މިމަހުގެެ 10 ވަނަ ދުވަހުއެވެ. މާޗު މަހުގެ ނިޔަލަށް ޒިބްރާ ކިޓްކެޓު ގިނަ ގައުމުތަކަކަށް ފޯރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ. އާދައިިގެ ކިޓްކެޓަށްވުރެ ޒިބްރާ ކިޓްކެޓުގެ އަގުވެސް ބޮޑުވާނެއެވެ.

ޒިބްރާ ކިޓްކެެޓު ތައާރަފްކުރުމަށް ތައްޔާރުވަމުން އަންނާތީ މީސް މީޑިއާގައި ކިޓްކެެޓަށް ފޯރި ހުންނަ މީހުން ވަނީ "ކުޅު ދިޔާވެފަ"އެވެ.

މިއަހަރުގެ މިހާތަނަށް ކިޓްކެޓުން "ރާސްޕްބެރީ ކްރީމް އެންޑް ލެމަން ކްރިސްޕް" ނެރެފައިވާއިރު މިއަހަރު ބާޒާރަށް "ކޮޓަން ކޭންޑީ" ފްލޭވާ އާއި ކުކީ ކްރީމްގެ އިތުރުން ޗެރީ ކޯލާ، "ޗޮކްލެޓް ކްރީމް ޕައި" އަދި "އޮރެންޖް ޑްރީމްސިކްލް"ނެރޭނެއެވެ. ގިނަ ދިވެހިންތަކެއްވެސް ތިބީ މި އާ ފްލޭވާތަކުގެ ރަހަ ބަލައިލަން ކެތް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު