ބޭނުންވާ ތަކެތި

12 ވެފަލް ކޯން
6 މޭޒުމަތީ ސަމުސާ ބަޓަރ
3 ދޮންކެޔޮ (ފޮތިކޮށްފައި)
95ގ ޗޮކްލެޓް އައިސްކްރީމް
95ގ ސްޓޯބެރީ އައިސްކްރީމް
95ގ ވެނީލާ އައިސްކްރީމް
ވިޕިންގް ކްރީމް
ޗޮކްލެޓް ސިރަޕް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ވެފަލް ކޯންތައް ފުނޑުވާލާފައި މިކްސްޗަރަށް އަޅާށެވެ. ހިމުން ވުމުން ބަޓަރ އަޅާ އެއްކޮށްލާށެވެ. ދެން ޓްރޭގެ ފުލުގައި އަތުރާލުމަށްފަހު ފިނިކޮށްލާށެވެ.

ފިނިވުމުން ކޮށާފައި ހުރި ދޮންކެޔޮތައް އަތުރާލުމަށްފަހު މައްޗަށް ޗޮކްލެޓް އައިސްކްރީމް އަޅާ މަތި އެއްވަރުކޮށްލާފައި ފިނިކޮށްލާށެވެ. ދެން ސްޓޯބެރީ އައިސްކްރީން އަޅާފައި ފިނިކޮށްލުމަށްފަހު ވެނީލާ އަޅާފައިވެސް ފިނިކޮށްލާށެވެ.

ދެން ވިޕިންގް ކްރީމް އާއި ޗޮކްލެޓް ސިރަޕްއެއްކޮށް ސާވްކޮށްލާށެވެ.